
ކޫއްޑޫ | Kooddoo
ކެޕޭސިޓީއާ އެއްވަރަކަށް މެނޭޖްކޮށްގެން ކުރިއަށް ގެންދިޔުމަށްޓަކައި މާދަމާއިން ފެށިގެން ދޯންޏަކުން 7 ޓަނު މަސް ކިރާގޮތަށް މިފްކޯއިން ނިންމައިފިއެވެ.

ދެކުނުގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަނގަޅުވެ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށްވުރެން އިތުރަށް މަސް ލިބެމުންދިއުމާއި އެކު، މަސް ކިރައި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ، ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސަގަންނަމުން ދިޔައީ ކިއު ތަރުތީބުން ކޮންޓްރޯލްކޮށްގެންނެވެ.
ނަމަވެސް އައިސްއަޅާފައިހުރި ދޯނިތަކުގައިހުރި މަސް ހަލާކުވެދާނެތީ އަވަސްކުރުމުގެ ގޮތުން މިމަހުގެ 12ވަނަ ދުވަހުން ފެށިގެން ކޮންޓްރޯލް ކުރުމަކާއިނުލާ މަސްކިރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް މިއަދުގެ ނިޔަލަށް ކިއު ތަރުތީބުން ހުރިހާ ދޯނިތަކުގެ މަސްވަނީ ކިރައިނިމިފައިވާކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިން ބާނާ މިންވަރު އެއްވަރެއްގައި ހުރުމާއި އެކު، ކެޕޭސިޓީ އާއި އެއްވަރަށް މެނޭޖްކޮށްގެން ކުރިއަށް ގެންދިޔުމަށްޓަކައި މާދަމާއިން ފެށިގެން ދޯންޏަކުން 7 ޓަނު މަސް ކިރާގޮތަށް ނިންމާފައިވާކަމަށެވެ.
މިފްކޯއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަވަސް ޚިދުމަތް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ އެކުންފުނިން ދެވޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް ކަމަށް އެކުންފުނިން ބުނެއެވެ.
ގުޅުންހުރި

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ މާހައުލަށް އަންނަ ބަދަލުތަކަށް ހޭނުމަކީ މުހިންމު ކަމެއް - ޝިޔާމް

މަސްވެރީންނަށް އުފާވެރި ދުވަހެއް: ބީއެމްއެލްއިން ކްރެޑިޓް ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެންސީއެސް އަދި މިފްކޯ އިން މަޝްވަރާކޮއްފި
.webp&w=3840&q=75)