logoEN
WAMCO TOP 1
10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ރާއްޖޭގައި މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރަނީ

10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ރާއްޖޭގައި މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރަނީ

އަހުމަދު ޝުރާއު

logo

6/12/2026, 4:08:40 PM

# މިފްކޯ

-

ޗައިނާގެ ކުންމިންގ ގައި އިއްޔެ ފެށުނު "10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ" ގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ދައްކާލުމުގެ ޚާއްޞަ ޙަރަކާތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ފަށައިފިއެވެ.

THE TRAVELLER AD

ޖޫން މަހުގެ 11 އިން 16 އަށް ކުރިއަށްދާ މި ބޮޑު އެކްސްޕޯގައި މިފްކޯއިން ބައިވެރިވަނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާ (އެމްއެފްއޯއާރްއެމްޕީސީ) ގުޅިގެންނެވެ.

މިފްކޯއިން ބުނީ މިއީ ދިވެހި މަހުގެ ބާވަތްތައް ބައިނަލްއަޤްވާމީ މާކެޓުގައި އިޝްތިހާރު ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

މިފްކޯއިން މިއަދު ހާމަކުރި ގޮތުގައި، މި އެކްސްޕޯއަކީ ދިވެހި މަސްވެރިކަމުގެ ކޮލިޓީއާއި، ރާއްޖޭގައި ކުރާ ދެމެހެއްޓެނިވި (ސަސްޓެއިނަބަލް) މަސްވެރިކަމުގެ ސިފަތައް މުޅި ދުނިޔެއަށް ދައްކާލުމަށް ލިބުނު ވަރަށް ވަރުގަދަ ޕްލެޓްފޯމެކެވެ. ޚާއްޞަކޮށް، ދޮށީގެ މަސްވެރިކަމުން ބާނާ، ތިމާވެއްޓާ ރައްޓެހި ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ދުނިޔޭގެ ބޮޑެތި ބާޒާރުތަކުންނާއި ބޭރުގެ ވިޔަފާރިވެރިންގެ ފަރާތުން މި އެކްސްޕޯގެ ތެރެއިން ބޮޑު ސަމާލުކަމެއް ލިބޭނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

ޗައިނާ ބާޒާރަކީ ދިވެހި މަހުގެ އުފެއްދުންތަކަށް އައު މާކެޓެއް ހޯދުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ސަރަހައްދަކަށް ވާއިރު، މި އެކްސްޕޯގެ ޒަރީޢާއިން ޗައިނާގެ އިތުރުން ދެކުނު އޭޝިއާގެ ގިނަ ޤައުމުތަކެއްގެ ކުންފުނިތަކާއެކު ވިޔަފާރީގެ އައު ގުޅުންތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން އެކްސްޕޯގައި ބަހައްޓާފައިވާ ރާއްޖޭގެ ޚާއްޞަ ސްޓޯލަށް ޒިޔާރަތްކުރާ ބޭރުގެ މާހިރުންނަށް ދިވެހި ކަނޑުމަހުގެ ތަފާތު ރަހަތަކާއި އުފެއްދުންތަކުގެ ތަފްސީލީ މަޢުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ.

މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތަށް ޗައިނާއަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމްވެސް ވަނީ މިއަދު މިފްކޯއާއި ރާއްޖޭގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ދެއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC