logoEN
cocacola
ގަލޮޅުދަނޑު މަޝްރޫއާ ގުޅިގެން މަހުލޫފްއާއި ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރަނީ

ގަލޮޅުދަނޑު މަޝްރޫއާ ގުޅިގެން މަހުލޫފްއާއި ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރަނީ

އަހުމަދު ޝުރާއު

logo

4/8/2022, 12:47:17 AM

# އަހްމަދު މަހްލޫފް

a4lnouBpdQwqaY1b5uUlkX5un3CwQWMhNTEvs4HR

ގަލޮޅުދަނޑު ތަޅާލާ، އާ ދަނޑެއް ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅިގެން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

ގޮސިޔާ

މިނިސްޓަރު މަހްލޫފާ ސުވާލުކުރުމަށްޓަކައި، "ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސް" މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

މީކާއިލް ވިދާޅުވީ، އެ ދަނޑު ތަރައްގީ ކުރަން އިއުލާނުކޮށްފައިވާއިރު، މާލޭގެ ރައްޔިތުންނާއި އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި އެކަމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަަމަށެވެ.

އެހެންކަމުން މި މަޝްރޫއު ކުރިއަށްދާއިރު، އާއްމުންނާއި މަޝްވަރާ ކުރަން ގަސްތު ކުރަނީ ކޮން އިރަކުތޯ އާއި މާލޭގެ މެދުގައި މިދަނޑު ތަރައްގީ ކުރުމުގެ ބަދަލުގައި މި ދަނޑު ހުޅުމާލެއަށް ބަދަލުކޮށް މާލޭގެ ޖާގައިގެ ދަތިކަމަށް ލުުޔެއް ގެންނަން ނުވިސްނަންތޯ ބެލުމަށް މީކާއިލްގެ ސުވާލު ކުރުމުގެ ނޯޓިސްގައި ވެއެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަލޮޅުދަނޑު ތަރައްގީ ކުރުމަށް ނިންމާފައިވާކަން މިނިސްޓަރު މަހްލޫފް ހާމަކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ. މިނިސްޓަރު ވަނީ އަލަސް ތަރައްގީކުރަން ގަސްތުކުރައްވާ ދަނޑުގެ ޑިޒައިން ވެސް އާންމުކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ