އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ ގުރުއަތުލުން ބާއްވައިފި
ގާފު އެޑިޓޯރިއަލް
4/7/2022, 1:33:08 AM
TEN06296
ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް ކަމުގައިވާ "އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022″ގެ މެޗް ޝެޑިއުލް ކަނޑައެޅުމަށްޓަކައި ޓީމްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ ކޯ ސްޕޮންސަރ ކަމުގައިވާ ގޯސިޔާ ރެސްޓޯރެންޓުގެ ވީއައިޕީ ބައިގައެވެ.
ޓީމްތަކުގެ މެދުގައި ނެގުނު ގުރުއަތުން މުބާރާތުގެ ޝެޑިއުލް ކަނޑައެޅިފައިވާ ގޮތް ތިރީގައި އެވަނީ އެވެ.
10 މާޗް 2022ގައި ކުޅޭނެ މެޗުތައް
އައުޓްލޯޒް އާއި ރޮކެޓް ރައިޑާސް ބައްދަލުކުރާ މެޗު
ޓީމް ޝައިން އާއި ރެހެންދި ބައްދަލުކުރާ މެޗު
ފެންޓާސްޓިކް ފޯ އަދި ވިންދު ބައްދަލުކުރާ މެޗު
11 މާޗް 2022ގައި ކުޅޭނެ މެޗުތައް:
ރޮކެޓް ރައިޑާސް އާއި ފެންޓާސްޓިކް ފޯ ބައްދަލުކުރާ މެޗް
ޓީމް ޝައިންއާއި ރާނީންނެ ބައްދަލުކުރާ މެޗް
ހަވަރު ސްޕޯޓްސްއާއި އައުޓްލޯޒް ބައްދަލުކުރާ މެޗު
12 މާޗް 2022ގައި ކުޅޭނެ މެޗުތައް:
ވިންދު އާއި ހަވަރު ސްޕޯޓްސް ބައްދަލުކުރާ މެޗް
ރެހެންދި އާއި ރާނީންނެ ބައްދަލުކުރާ މެޗް
އައުޓްލޯސް އާއި ފެންޓާސްޓިކް ފޯ ބައްދަލުކުރާ މެޗް
މުބާރާތުގެ ހަތަރުވަނަ ދުވަހުން ފެށިގެން މުބާރާތް ނިމެންދެން ކުޅޭނީ ރެއަކަށް ދެ މެޗުގެ އުސޫލުންނެވެ. އަންހެން ކެޓެގަރީގެ ޓީމްތަކަށް ފައިނަލާ ދެމެދު ދެ ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ.
މުބާރާތުގެ ހަތަރުވަނަ ދުވަހު (13 މާޗް 2022) ގައި ކުޅޭނީ ރޮކެޓް ރައިޑާސްއާއި ހަވަރު ސްޕޯޓްސް ބައްދަލުކުރާ މެޗުގެ އިތުރުން ވިންދު ޓީމާއި އައުޓްލޯސް ކުޅެ މެޗެވެ. މުބާރާތުގެ ފަސް ވަނަ ދުވަހު (14 މާޗް 2022) ގައި ކުޅޭނީ ރޮކެޓް ރައިޑާސް އާއި ވިންދު ބައްދަލުކުރާ މެޗާއި ފެންޓާސްޓިކް ފޯ އަދި ހަވަރު ސްޕޯޓްސް ބައްދަލުކުރާ މެޗެވެ. އެއަށްފަހު މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ އެވެ.
މި މުބާރާތުގައި އަންހެން ކެޓެގަރީގެ ތިން ޓީމަކާއި ފިރިހެން ކެޓެގަރީގެ ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ 10 އޭޕްރީލް އިން ފެށިގެން 16 އޭޕްރީލްގެ ނިޔަލަށް ކޮންމެ ރެއެއްގެ 21:00 އިން ފެށިގެންނެވެ.
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވެލްކޯ ހަމަޖެހިފައިވާއިރު މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ކައުންސިލްގެ އިތުރުން ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ތިނަދޫ ޑަބްލިއުޑީީސީ) އެވެ. އޮފިޝަލް ޕާޓްނަރަކީ ޔޫތު މިނިސްޓްރީ އެވެ.
މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން، ހަވަރު ސްޕޯޓްސްގެ އިތުރުން ތިނަދޫ ސްޕޯޓްސްއާއި އަކުއަ ޕެރެޑައިސްް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އިވެންޓްކާސްޓަކީ ސްޓްރީމިންގ ޕާޓްނަރ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް އެރުވޭ ތަށި ސްޕޮންސަރކޮށްފައިވަނީ އަސްކަނި ސްޕޯޓްސް އިންނެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންނަކީ ހުވަދޫ ސްވިމިންގ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ތިނަދޫ ސްޓޭޑިއަމް އެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.
އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައެވެ.