
-
ހއ ގެ ދެރަށެއްގެ ކަރަންޓު ކެޕޭސިޓީ ރަނގަޅުކުރުމަށް އައު ދެ ޖެނެސެޓު ގެނެސްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ ހއ ތަކަންދޫ އާއި މުރައިދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި އައު ދެ ޖެނެސެޓު ރާއްޖެ ގެނެސް މިހާރު އެދެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން އެދެރަށަށްވެސް ގެނެސްފައިވަނީ 250 ކިލޯވޯޓުގެ ދެ ޖެނެސެޓެވެ.
މި ދެ ޖެންސެޓް، މި މަހުގެ 22 ވަނަ ދުވަހު އެ ރަށްރަށަށް ގެންގޮސް، އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ ޖެންސެޓްތައް އިންސްޓޯލްކޮށް ނިންމާ، ޚިދުމަތަށް ގެނައުމުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
މި ޖެންސެޓްތައް އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުން ކުރަން ފެށުމުން، އެ ދެ ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ފެނަކަ އިން ބުނެފައިވެއެވެ.
ގުޅުންހުރި

ފެނަކަ ކޯޕަރޭޝަންގެ އައު އެމްޑީއަކަށް އަފީފް!

ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެއްވެސް އުނި އިތުރެއް ގެނެސްފައެއް ނުވާނެ - ފެނަކަ

ފެނަކައިން ހިދުމަތް ދެމުން އައި ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތް ސްޓެލްކޯގެ ދަަށަށް ބަދަލުކޮށްފި




