logoEN
WAMCO TOP 1
މަސް ދޯނިތަކާއި އާއްމު ދަތުރުފަތުރުކުރާ އުޅަނދުތަކަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ - އެސްޓީއޯ

މަސް ދޯނިތަކާއި އާއްމު ދަތުރުފަތުރުކުރާ އުޅަނދުތަކަށް ކުރީގެ އަގުގައި ތެޔޮ ލިބޭނެ - އެސްޓީއޯ

އަހުމަދު ޝުރާއު

logo

3/17/2026, 4:15:27 AM

# އެސްޓީއޯ

-

މަސްދޯނިތައް ހިމެނޭހެން އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް އެސްޓީއޯއިން ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމަށް ނިންމާފައިފި އެވެ.

THE TRAVELLER AD

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ރާއްޖޭގައިވެސް ތެލުގެ އަގުތަކަށް ވެސް އެސްޓީއޯއިން ބަދަލުތަކެއް ގެނައެވެ. އެގޮތުން އެސްޓީއޯއިން އިއްޔެ ވަނީ އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އެސްޓީއޯއިން ރޭ ވަނީ ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އިއުލާނުކޮށްފައެވެ.

މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ގެނެސްފައިނުވި ނަމަވެސް އިއްޔެ އެސްޓީއޯ އިން ތެޔޮ ގަނެގެން އަތޮޅުތެރޭގައި ޝެޑްތައް ހިންގާ ފަރާތްތަކަށް އަގުބޮޑިކުރި އެވެ. މިނިންމުންވެސް ރޭ ބަދަލުކޮށްފައިވާއިރު އެސްޓީއޯއިން ވަނީ މިހާރު ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ އިންތިޒާމުތައްވެސް ހަމަޖައްސައިދީފައި އެވެ.

އެސްޓީއޯއިން ބުނީ މި ނިންމުން އެކުންފުނީން ނިންމީ މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިނުވާނެހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ރާއްޖެއަށް ތެޔޮ އިމްޕޯޓްކުރަން ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެސްޓީއޯ މެދުވެރިކޮށް ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާ އިން ތެލުގެ އަގު ހިފަހައްޓަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކުރިން ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް
ފަހުގެ
HDC