
-
ރ ވާދޫއާއި މާކުރަތުގެ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސަރުކާރުން މި ދެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއިއެވެ.
ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު މުހައްމަދު މާހިރު އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފް އެވެ.
މިދެ މަޝްރުޢޫގެ ދަށުންވެސް އެދެރަށުގެ ސިއްހީ މަރުކަޒުތަކުގައި ނާސް ސްޓޭޝަނާއި، 04 އެނދުގެ ވާޑެއް، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ އަދި ގަރާޖު، ސްޓޯ ރޫމްސް އާއި ލޯންޑްރީ ރޫމް ޤާއިމުކުރެވިގެންދާނެކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.
ޖުމްލު 365 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު ވާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން މަޝްރޫއުގެ އަގަކީ 5.7 މިލިއަން ރުފިޔާ އެވެ.
ޖުމްލު 300 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މާކުރަތު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން މަޝްރޫއުގެ އަގަކީ 5.1 މިލިއަން ރުފިޔާ އެވެ.
ގުޅުންހުރި

ފެނަކަ ކޯޕަރޭޝަންގެ އައު އެމްޑީއަކަށް އަފީފް!

ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެއްވެސް އުނި އިތުރެއް ގެނެސްފައެއް ނުވާނެ - ފެނަކަ

ފެނަކައިން ހިދުމަތް ދެމުން އައި ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތް ސްޓެލްކޯގެ ދަަށަށް ބަދަލުކޮށްފި




