އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ ކޯ ސްޕޮންސަރަކަށް ތިނަދޫ ސްޕޯޓްސް!
ގާފު އެޑިޓޯރިއަލް
4/6/2022, 8:13:24 PM
THINADHOO SPOERTS
ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް ކަމުގައިވާ "އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022″ގެ ކޯ ސްޕޮންސަރަކަށް ތިނަދޫ ސްޕޯޓްސް ހަމަޖެހިއްޖެ އެވެ.
ގާފު މީޑިއާގެ އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ކަމާ ގުޅޭ އެއްބަސްވުމުގައި ގާފު މީޑިއާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ، އަދި ގާފު އޮންލައިންގެ ޗީފް އެޑިޓަރ ފަތުހުﷲ ޔާމީން ސައީދު އެވެ. ތިނަދޫ ސްޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ ޖަމިއްޔާގެ އެސިސްޓެންޓް ޖެނެރަލް ސެކްރެޓަރީ، ޝަހާއުﷲ ޝަމީމް އެވެ.
ތިނަދޫ ސްޕޯޓްސް އަކީ ތިނަދޫގައި ކުޅިވަރުގެ އެކި ހަރަކާތްތައް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވެލްކޯ ހަމަޖެހިފައިވާއިރު މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ކައުންސިލްގެ އިތުރުން ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ތިނަދޫ ޑަބްލިއުޑީީސީ) އެވެ. އޮފިޝަލް ޕާޓްނަރަކީ ޔޫތު މިނިސްޓްރީ އެވެ.
މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން، ހަވަރު ސްޕޯޓްސްގެ އިތުރުން ތިނަދޫ ސްޕޯޓްސްއާއި އަކުއަ ޕެރެޑައިސް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އިވެންޓްކާސްޓަކީ ސްޓްރީމިންގ ޕާޓްނަރ އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންނަކީ ހުވަދޫ ސްވިމިންގ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ތިނަދޫ ސްޓޭޑިއަމް އެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.
އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންޑޯޒްމަންޓާއެކު ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ.