
އެސްޓިއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022ގެ މެއިން ސްޕޮންސަރ އަކީ ވެލްކޯ!
# ދިރާގު# ޕްރިންޓެކް# ތިނަދޫ ސްޓޭޑިއަމް# ހަވަރު ސްޕޯޓްސް# ޔޫތު މިނިސްޓްރީ# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް# އެސްޓީއޯ# ފެނަކަ ކޯޕަރޭޝަން# ގދ. ތިނަދޫ ކައުންސިލް# ގދ. އަތޮޅު ކައުންސިލް# ގދ. ތިނަދޫ ޑަބްލިއުޑީސީ# ހުވަދޫ ސްވިމިންގ ކްލަބް# ވެލްކޯ# އެވިއަރ# ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022# ގޯސިޔާ# އަކުއަ ޕެރެޑައިސް# އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް# އިވެންޓްކާސްޓް# ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް01CA5B8C-24AD-4237-887E-083365F184F4
ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތް ކަމުގައިވާ "އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022″ގެ މެއިން ސްޕޮންސަރ އަކަށް ވެލްކޯ ހަމަޖެހިއްޖެ އެވެ.

ވެލްކޯ އަކީ ފުޅާ ދާއިރާއެއްގައި ހުވަދު އަތޮޅަށް ގޭހާއި ފެން އެތެރެކުރާ ވިޔަފާރި އެކެވެ. މުބާރާތުގެ މެއިން ސްޕޮންސަރކަން ވެލްކޯއިން ނެގި އިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. އޮފިޝަލް ޕާޓްނަރަކަށް ޔޫތު މިނިސްޓްރީ ހަމަޖެހިފައިވާއިރު މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންނަކީ ގދ. އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ކައުންސިލްގެ އިތުރުން ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ތިނަދޫ ޑަބްލިއުޑީީސީ) އެވެ.
ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ލޯންޗު ކުރެވި، ގާފު މީޑިއާ ގްރޫޕްގެ "ގާފު ސްޕޯޓްސް"ގެ ދަށުން ހިންގޭ މުބާރާތެކެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ގޯސިޔާ، ފެނަކަ ކޯޕަރޭޝަން އާއި ހަވަރު ސްޕޯޓްސް އަދި އަކުއަ ޕެރެޑައިސް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، ޕްރިންޓެކް އަކީ ޕްރިންޓިންގ ޕާޓްނަރ އެވެ. އިވެންޓްކާސްޓަކީ ސްޓްރީމިންގ ޕާޓްނަރ އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންނަކީ ހުވަދޫ ސްވިމިންގ ކްލަބާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ތިނަދޫ ސްޓޭޑިއަމް އެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާއިރު ދިމާވެދާނެ ސިއްޙީ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ވަނީ އެމެޖެންސީ ސާވިސް ޕާޓްނަރަކަށް ހަމަޖައްސާފައެވެ.
އެސްޓީއޯ ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ކުރިއަށްދާނީ ގދ. ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންޑޯޒްމަންޓާއެކު ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑު 21:00 އިން ފެށިގެންނެވެ.
ގުޅުންހުރި

މެދުނުކެނޑި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހެދުމަށް އިންޑިއާއިއެކު އެސްޓީއޯއިން މުހިންމު އެއްބަސްވުމެއް!

އެސްޓީއޯއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 15.4 ބިލިއަން ރުފިޔާ!

ބީއެމްއޭގެ ގައުމީ ހައިސިިއްޔަތު ވަގުތީ ގޮތުން ނަގައިފި
