logoEN
Sto top
މެދުނުކެނޑި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހެދުމަށް އިންޑިއާއިއެކު އެސްޓީއޯއިން މުހިންމު އެއްބަސްވުމެއް!

މެދުނުކެނޑި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހެދުމަށް އިންޑިއާއިއެކު އެސްޓީއޯއިން މުހިންމު އެއްބަސްވުމެއް!

އަހުމަދު ޝުރާއު

logo

5/8/2025, 2:36:58 PM

# އެސްޓީއޯ

--

ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް ސްޓްރެޓެޖިކް އެއްބަސްވުމެއްގައި އެސްޓީއޯޢާއި އިންޑިއާއާއި ދެމެދު ސޮއިކޮށްފި އެވެ.

Wamco

އެސްޓީއޯއިން މިއަދު ބުނީ އެކުންފުނީން އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާއެކު އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެގޮތުން މި އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވުމާއި އެކު މި އެއްބަސްވުމުގެ ދާށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފަވާއިރު، އެޗްއެލްއެލް އާއެކު މި އައު ޕާޓްނަރޝިޕްގެ މަޤްސަދަކީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ މި އެއްބަސްވުމާއި އެކު ލިބިގެންދާ ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއު އެޗް އޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ކަމަށެވެ.

މި ޕާޓްނަރޝިޕް ބިނާވެފައިވަނީ ކާމިޔާބު އެއްބާރުލުމުގެ ތާރީޚެއްގެ މައްޗަށްކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، އެޗްއެލްއެލް ލައިފްކެއަރ އިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރުހުރި އަދި ވަގުތަށް ޚިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

އެޗްއެލްއެލް އާއެކު ޕާޓްނަރޝިޕް ހެދުމުން، ރާއްޖެ ގުޅިގެންދަނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނާއި ކަމަށް އެސްޓީއޯއިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside