logoEN
Sto top
ރާއްޖޭގެ ސިއްހީ ދާއިރާއަށް ތާރީހީ ދުވަހެއް: އެސްޓީއޯއިން ތަމްރީންކުރި ދިވެހި ރޭޑިއޯގްރާފަރުން ދަސްވެނިވިއްޖެ

ރާއްޖޭގެ ސިއްހީ ދާއިރާއަށް ތާރީހީ ދުވަހެއް: އެސްޓީއޯއިން ތަމްރީންކުރި ދިވެހި ރޭޑިއޯގްރާފަރުން ދަސްވެނިވިއްޖެ

އަހުމަދު ޝުރާއު

logo

4/23/2025, 4:38:46 PM

# އެސްޓީއޯ

--

އެސްޓީއޯއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ރޭޑިއޯގްރަފަރުން ތަމްރީނުކޮށްފި އެވެ.

Wamco

އެސްޓީއޯއިން ޖެނެރަލް އިލެކްޓްރޯނިކްސް (ޖީ.އީ) ހެލްތްކެއަރ އާއި ގުޅިގެން 2018 ވަނަ އަހަރު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން އެސްޓީއޯގެ ޓްރެއިނިންގ އިންސްޓިޓިއުޓްއިން ކުރިޔަށް ގެންދިޔަ ރޭޑިއޯޑޯގްރަފީ ކޯހުގައި ބައިވެރިވި ދަރިވަރުންގެ ދަސްވެނިވުން މިރޭ ވަނީ ބާއްވާފައި އެވެ. މިރޭ ވިލާ ކޮލެޖުގައި ބޭއްވި މި ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވީ ނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

އެސްޓީއޯއިން ފުރަތަމަ ފަހަރަށް ކުރިޔަށް ގެންދަ މި ޚާއްސަ ކޯހުގައި ބައިވެރިވި 25 ދަރިވަރުންގެ ތެރެއިން 23 ދަރިވަރުން ވަނީ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައެވެ.

އެސްޓީއޯއިން މިރޭ ބުނީ މިހާތަނަށް މި ދާއިރާއިން ދެ ދަރިވަރަކ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވަޒީފާ އަދާކުރަން ފަށާފައިވާ ކަމަށާއި އަދި އެހެން ދަރިވަރުން މިވަގުތު ވަޒީފާ ހޯދުމުގެ މަރުޙަލާގައި ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އެސްޓީއޯއިން ސިފަކުރާ ގޮތުގައި ރާއްޖޭގެ ސިއްޙީ ދާއިރާއަށް 23 ދިވެހި ރޭޑިއޯގްރާފަރުން އިތުރުވުމަކީ ވަރަށް މުހިންމު ކުރިއެރުމެކެވެ. ނަމަވެސް، މި ދާއިރާއަށް އަދިވެސް އިތުރު ރޭޑިއޯގްރާފަރުން ބޭނުންވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ދިވެހި މުޖުތަމަޢުއަށް މުހިންމު މިފަދަ މަޝްރޫޢެއްގެ ތެރެއިން ޤާބިލު ޒުވާނުންތަކެއް އުފެއްދުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ އެސްޓީއޯއަށް ލިބުނު ފަޚުރެެއްގެ ގޮތުގައި އެކުންފުނިން ބުނެއެވެ.

މި ކޯސް އެސްޓީއޯއިން ފެށީ 2022 އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ. މި ކޯހަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ، 2 އަހަރުގެ ނަޒަރީ ތަމްރީނާއި 6 މަސްދުވަހުގެ ޢަމަލީ ތަޖުރިބާ ހިމެނޭ ކޯހެކެވެ. ދަރިވަރުންގެ ކްލިނިކަލް ތަމްރީނާއި އިންޓަރންޝިޕް ފުރިހަމަކުރުމަށް، އެސްޓީއޯއިން މާލޭގެ އެންމެ ބޮޑު ފަސް ހޮސްޕިޓަލް ކަމުގައިވާ އައި.ޖީ.އެމް.އެޗް، އޭ.ޑީ.ކޭ، ސެނަހިޔާ މިލިޓަރީ، ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލާއެކު އެއްބަސްވުންތައް ވަނީ ހަދާފައި އެވެ.

2022 ޑިސެންބަރުގައި މި ކޯހުގެ ފުރަތަމަ ކްލިނިކަލް ސެޝަންތައް ފެށި، 2024 އޮގަސްޓްގައި ދަރިވަރުންގެ ކިޔެވުން އެއްކޮށް ނިމުނެވެ. އަދި އިންޓަރންޝިޕް ފެށުމުގެ ކުރިން ދަރިވަރުންނަށް މޮޓިވޭޝަނަލް އަދި ކަސްޓަމަރ ކެއަރ ޕްރޮގްރާމެއް ވަނީ ހިންގާފައި އެވެ. ދަސްވެނިވުން މިރޭ ބޭއްވި ނަމަވެސް އެސްޓީއޯއިން ވަނީ 2025 ފެބްރުވަރީގައި އިންޓަރންޝިޕް ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދޫކޮށްފައި އެވެ. އެސްޓީއޯއިން ބުނީ އިންޓަރންޝިޕްގެ މުއްދަތުގައި ދަރިވަރުންގެ އިލްމީ ފެންވަރާއި ހޭލުންތެރިކަމުގެ މިންވަރު ރަނގަޅުކަން ކްލިނިކަލް ސުޕަވައިޒަރުންގެ ތަޢުރީފުން ހާމަވެގެންދިޔަ ކަމަށާއި މިއީ ކޯހުގެ ފެންވަރު ރަނގަޅުކަން ދައްކުވައިދޭ ހެއްކެއް ކަމަށެވެ.

އެސްޓީއޯގެ ސަޕްލަޔަރެއް ކަމަށްވާ ޖެނެރަލް އިލެކްޓްރޯނިކްސް (ޖީ.އީ) ހެލްތްކެއަރއިން 2018 ގައި ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި، ސިއްހީ ދާއިރާގައި ތަމްރީނު ލިބިފައިވާ ދިވެހިންގެ ނިސްބަތް ވަރަށް ދަށެވެ. މި ދިރާސާއިން ރާއްޖޭގެ ރޭޑިއޯގްރަފަރުންގެ ވަޒީފާތަކުގައި މަސައްކަތްކުރަމުން ގެންދަނީ ގިނަ އަދަދެއްގެ ބިދޭސީންކަަން ހާމަވެގެން ދިޔުމާއި އެކު މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ރޭޑިއޯގްރަފީ ދާއިރާއަށް ދިވެހިން އުފެއްދުމަށާއި، ޚިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، އެސްޓީއޯ އާއި ޖީ.އީ ހެލްތްކެއަރ ގުޅިގެން ކޯހެއް ހިންގުމާ ބެހޭގޮތުން މަޝްވަރާތައް ފެށުނެވެ.

އެސްޓީއޯއަކީ ޖީ.އީ ހެލްތްކެއަރގެ ގިނަ އަދަދެއްގެ އުފެއްދުންތައް ރާއްޖެއަށް ގެނެސްދޭ ކުންފުންޏެއް ކަމަށްވުމާއެކު، އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އިސް ދައުރެއް އަދާކުރާ ފަރާތަކަށްވާތީ، ޖީ.އީ ހެލްތްކެއަރއާ ގުޅިގެން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމައި ދެ ފަރާތުން އެމްއޯޔޫއެއްގައި ސޮއިކުރީ 2018 ވަނަ އަހަރުގެ ތެރޭގައި އެވެ.

ދިރާސާގެ އަލީގައި ދިވެހި ރޭޑިއޯ ގްރާފަރުން އުފެއްދުމަށްޓަކައި ކޯސް ހިންގުމަށްޓަކައި، އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓް ގާއިމުކޮށް، 2019 ވަނަ އަހަރު ހަޔާރ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީކޮށް ހަމަ އެ އަހަރުގެ ފެބްރުވަރީ މަހު، ކޯހުގެ މުޤައްރަރާއި އެހެނިހެން ލިޔެކިޔުންތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައި، ކޯސް ހިންގުމުގެ ހުއްދަ އެސްޓީއޯއިން ހޯދި އެވެ. ކޯސް ހިންގުމުގެ ހުއްދަ ލިބުމާ ގުޅިގެން، އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ފުރަތަމަ ބެޗްގެ ދަރިވަރުންގެ ކިޔެވުމުގެ އެންމެހައި ޚަރަދުތައް އެސްޓީއޯގެ ފުލް ސްކޮލަރޝިޕްގެ ދަށުން ހަމަޖެއްސުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމިއެވެ. މީގެ އިތުރުން، ކިޔަވަމުންދާ މުއްދަތުގައި ކޮންމެ ދަރިވަރަކަށް މަހަކު 2,300 ރުފިޔާގެ ޕޮކެޓްމަނީއެއް ދިނުމަށް ހަމަޖެއްސުނެވެ. ކޯސް ރަސްމީކޮށް އިޢުލާންކޮށް ހުޅުވާލެވުނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެސްޓީއޯއިން ވަނީ މި ކޯހާ ގުޅޭ މަޢުލޫމާތު ފެތުރުމަށްޓަކައި، މާލެ ސަރަހައްދާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި ފުޅާ ދާއިރާއެއްގައި މާކެޓިންގ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި އެވެ. މީގެ ތެރޭގައި ޓީވީ، ރޭޑިއޯ އަދި އިޖުތިމާޢީ މީޑިއާގެ ބޭނުން ހިފުމުގެ އިތުރުން، އެސްޓީއޯގެ މުވައްޒަފުން އެކި ރަށްރަށަށް ޒިޔާރަތްކޮށް ރޭޑިއޯގްރަފީ ދާއިރާއާ ބެހޭ މަޢުލޫމާތު ސެޝަންތައް ހިންގި އެވެ.

ކޯހަށް ކުރިމަތިލުމުގެ މުއްދަތު ނިމުނުއިރު ޖުމްލަ 94 ފަރާތަކުން އެޕްލިކޭޝަން ހުށަހެޅިއެވެ. ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެންޓްރެންސް އިމްތިހާނެއް އެސްޓީއޯއިން ބޭއްވި އެވެ. އިމްތިހާނުން ފާސްވި ފަރާތްތަކާއެކު އިންޓަވިއުތަކެއް ބޭއްވުމަށްފަހު، އެންމެ އެކަށޭނަ 25 ދަރިވަރުން ކޯހަށް އެސްޓީއޯއިން ހޮވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside