
-
ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 15.4 ލިބިފައިވާ ކަމަށް އެކުންފުނީން ހާމަކޮށްފި އެވެ.

އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ ހިސާބުތައް ރޭ އެކުންފުނީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައި އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތިގައި ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާ އެވެ. މިއީ، މީގެ ކުރީ އަހަރާއި އަޅާބަލައި 6 އިންސައްތައިގެ ދަށްވުމެކެވެ. އެކުންފުނީން ބުނީ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުމެވެ. އެހެންނަމަވެސް، އެސްޓީއޯގެ އެހެނިހެން ވިޔަފާރިތައް ވަނީ ވަރުގަދަ މިސްރާބެއްގައި ދެމެހެއްޓިފައި ކަމަށް އެކުންފުނީން ބުނެއެވެ.
އާމްދަނީ ދަށްވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ. އެސްޓީއޯއިން ބުނީ އެކުންފުނީގެ ހިންގުމުގެ ހަރަދުވަނީ 2024 ވަނަ އަހަރު އޭގެ ކުރީ އަހަރާއި އަޅާބަލައި 8 އިންސައްތަ ދަށްކުރެވިފައެވެ. އެހެންނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
2024 ވަނަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 846 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 15 އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއިއެކު ޖުމްލަ ފައިދާ ދަށްވެފައި ވުމެވެ. ޓެކުހަށް ކެނޑުމަށްފަހު، 2024 ވަނަ އަހަރު ސާފުފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 741 މިލިއަން ރުފިޔާ އެވެ..
ގުޅުންހުރި

މެދުނުކެނޑި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހެދުމަށް އިންޑިއާއިއެކު އެސްޓީއޯއިން މުހިންމު އެއްބަސްވުމެއް!

އެސްޓީއޯއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 15.4 ބިލިއަން ރުފިޔާ!

ރާއްޖޭގެ ސިއްހީ ދާއިރާއަށް ތާރީހީ ދުވަހެއް: އެސްޓީއޯއިން ތަމްރީންކުރި ދިވެހި ރޭޑިއޯގްރާފަރުން ދަސްވެނިވިއްޖެ
