logoEN
Sto top
ބީއެމްއޭގެ  ގައުމީ ހައިސިިއްޔަތު ވަގުތީ ގޮތުން ނަގައިފި

ބީއެމްއޭގެ ގައުމީ ހައިސިިއްޔަތު ވަގުތީ ގޮތުން ނަގައިފި

ހަސަން ޝާއިން

logo

4/30/2025, 2:08:10 PM

# ދިވެހި ކުޅިވަރު # ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ގައުމީ ހައިސިއްޔަތު ވަގުތީ ގޮތުން ނަގާފައިވާ ކަަމަށް ސްޕޯޓްސް މިނިސްޓްރީން މިއަދު ގެޒެޓުގައި އިއުލާނުކޮށްފި އެވެ.

Wamco

އެ ގޮތުން، މިއަދު ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ބީއޭއެމްގެ ހިންގާ ކޮމިޓީގެ ދައުރު މިދިޔަ އަހަރުގެ މާޗް 11 ވަނަ ދުވަހަށް ހަމަވިއިރު، އެ އެސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ކަމަށެވެ. އަދި، އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައި ނުވާތީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަޝްވަރާއާ އެކު، ބީއޭއެމްގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރެވެންދެން ބީއޭއެމް އަށް ދެވިފައިވާ ގައުމީ ހައިސިއްޔަތު ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ ކިބައިން ނެގުނީ ކަމަށެވެ.

މީގެ އިތުރުން، ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ އެއްވެސް މެންބަރަކަށް މިއަދުން ފެށިގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި އެއްވެސް މުއާމަލާތެއް ކުރުން މަނާވާނެ ކަމާއި އެފަދަ އެއްވެސް މުއާމަލާތެއް އެ ކޮމިޓީގެ އެއްވެސް މެންބަރަކު ކުރިނަމަވެސް އެއީ ސައްހަ މުއާމަލާތެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ވެސް ބުންޏެބެ.

"އެހެންނަމަވެސް، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގައުމު އަދި އެސޯސިއޭޝަން ތަމްސީލު ކުރުމަށް ހުރަހެއް ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ,"

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ގައުމީ ޙައިސިޔަތު އެ އެސޯސިއޭޝަންގެ ކިބައިން ނެގިފައިވަނީ، އެ އެސޯސިއޭޝަންގެ އެތެރޭގައި ހުރި މައްސަލަތައް ހައްލުކޮށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް އެކި ގޮތްގޮތުން ކުރެވުނު ގިނަ މަސައްކަތްތަކުގައި އެ އެސޯސިއޭޝަންގެ އެއްބާރުލުން ނުލިބި ދިގުލައިގެން ދިއުމާއި އަދި އެސޯސިއޭޝަންގެ އަމަލުތައް ހުރި ގޮތުން، އެ އެސޯސިއޭޝަންގެ މެންބަރުންނާއި، އޮފިޝަލުން އަދި ހާއްސަކޮށް ކުޅުންތެރިންނަށް ފޫބައްދަން ދަތި ގެއްލުންތައް ލިބެމުން ދާތީ ކަމަށް ވެސް ބުންޏެވެ. އަދި އެސޯސިއޭޝަންގައި ހުރި މައްސަލަތައް ހައްލުކޮށް އެސޯސިއޭޝަންގެ އިންތިޚާބު ބޭއްވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މެންބަރުންގެ ބައިވެރިވުމާއެކު، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށާ އެ ކޮމިޓީގެ މަސައްކަތް ކޮމިޓީ އެކުލަވާލާ ތާރީޚުން ފެށިގެން 45 ދުވަސް ތެރޭގައި ނިންމައި އަލަށް އިންތިހާބު ކުރެވޭ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީއާއި އެ އެސޯސިއޭޝަން ހަވާލު ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside