
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ހަތް މަސްދުވަހުގެ ތެރޭ އައްޑޫގައި ސެންޓްރަލް އިންޖީނުގެއެއް އަޅަނީ
# އައްޑޫ# ފެނަކަ ކޯޕަރޭޝަން ލިމިޓެޑްimage_W89OUSLOYX7PwjE
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކުރިޔަށް އޮތް 7 މަސްދުވަހުގެ ތެރޭގައި ސެންޓްރަލް އިންޖީނުގެއެއް އެޅުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރައްވައިފި އެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް މިކަން އިއުލާންކުރެއްވީ މިރޭ އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސްގެ ދެކަނބަލުން ދެއްވި ޚާއްސަ މާހެފުމުގައި ރައްޔިތުންނާއި މުހާތަބްކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ އެސިޓީގެ ކަރަންޓުގެ މައްސަލައަކީ އެމަނިކުފާނު އައްޑޫއަށް ވަޑައިގަންނަވާ ކޮންމެ ފަހަރެއްގައިވެސް ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާއެއް ކަމަށެވެ. މިއާއިއެކު ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިއަދު އެކަމަށް ހައްލެއް ގެނައުމަށްޓަކައި މަސައްކަތް ފައްޓަވާފައިވާ ކަމަށާއި ކުރިޔަށް އޮތް 7 މަސްދުވަހުގެ ތެރޭގައި 41 މެގަވޯލްޓުގެ ކެޕޭސިޓީއާއި އެކުގައި އައު ސެންޓްރަލް އިންޖީނުގެއެއް އަޅައި މުޅި އައްޑޫ ސިޓީގެ ނެޓްވޯރކް ބަދަލުކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދު ފެނަކަ ކޯޕަރޭޝަންގެ މޭޏެޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ މަސައްކަތްތަކެއް ފެށުމަށް ކުރިން ތައްޔާރުވެފައެވެ. އެހެން ނަމަވެސް ކޮވިޑް-19 އާއި އެކު އެމަސައްކަތްތަށް ވަނީ ފަސްވެފައެވެ.
އައްޑޫ ސިޓީގައި 20 މެގަވޮޓްގެ ކަރަންޓުގެ މަޝްރޫޢުއެއް ހިންގުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއި ސަރުކާރުން ވަނީ 2019 ވަނަ އަހަރު ހަވާލުކޮށްފައެވެ.
އައްޑޫ އަކީ މާލެސިޓީ ނެގުމަށްފަހު އެންމެ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށްވާއިރު އައްޑޫ އަކީ ރާއްޖޭގައި އެންމެ ބޮޑަށް ކަރަންޓުގެ މައްސަލަ ދިމާވާ އެއް އަތޮޅެވެ.
ގުޅުންހުރި

ކެންދޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް 400 ކވ ގެ ޖަނަރޭޓަރު ސެޓެއް ފޮނުވަނީ، 48 ގަޑިއިރުގެ ތެރޭގައި ދާއިމި ހައްލެއް ލިބޭނެ - ފެނަކަ

ތިނަދުއަށް ފެން ޕްލާންޓު ހޯދީ އެންމެ އަވަސްވާނެ ގޮތަށް އުސޫލުތަކުގެ ތެރެއިން: ފެނަކަ

ރަށްރަށުގެ މަގު ބައްތި ރައްކާތެރި މިންގަނޑާ އެތްގޮތްކުރުމަށް ފަސޭހަ އަދި އަވަސް ގޮތްތަކެއް ހޯދަނީ
