
-
30 އިންޖީނުގެ ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނެކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވީ މިއީ މިހާރު ހުއްޓިފައިވާ މަސައްކަތްތަކާ އަދި އަލަށް ފަށާ އިންޖީނުގެތައް ހިމެނޭހެން 30 އިންޖީނުގެ ކަމަށެވެ.
ކަރަންޓާއި ފެނާއި ނަރުދަމާގެ ވިއުގަތައް އަޕްގްރޭޑްކުރުމާއި އިންޖީނުގެތަކަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން މި ރޯދަ މަހަށް ތައްޔާރުވުމަށް ކުރިއަށްގެންދިޔަ މަސައްކަތުގެ ތެރޭގައިވެސް 27 ރަށެއްގެ ކޭބަލް ނެޓްވޯކް އަޕްގްރޭޑްކުރުމާއި، 6 ރަށުގައި ޓްރާންސްފޯމަރާއި ސަބްސްޓޭޝަން ބެހެއްޓުމާއި، 6 ރަށެއްގެ ކަރަންޓުގެ ވިއުގަ މުޅިން އަޕްގްރޭޑްކުރުމާއި އަދި 3 ރަށެއްގައި 4 ޖެނެރޭޓަރު ސެޓް ބަހައްޓާފައިވާ ކަމަށް ނަޖާހް ވިދާޅުވި އެވެ. އަދި 37 ރަށުގެ އިންޖީނު އޯވަހޯލް ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، 37 ރަށުގެ މަސައްކަތް ކުރިއަށްދާ ކަމާއި، ޖުމުލަ 36 ރަށުގެ މަސައްކަތް ރޯދަ މަހަށް ކުރިއަށްގެންދިޔަކަމަށް ނަޖާހް ވިދާޅުވި އެވެ.
މީގެއިތުރުން ނަޖާހް ވިދާޅުވީ ރަށްރަށުގައި އިންޖީނުގެތައް މީހުން ދިިރިނޫޅޭ ސަރަހައްދަށް ބަދަލުކޮށް އާ އިމާރާތްތައް އެޅުމުގެ މަސައްކަތުގެ ދަށުން މިހާރު ބ.ކެންދޫ، ށ.މާއުނގޫދޫ، ގދ.ފިޔޯރީ އިންޖީނުގެ މަސައްކަތް ނިންމާ މިހާރު އާ އިންޖީނުގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ރަސްގެތީމުގެ އާ އިންޖީނުގެވެސް މިހާރު ބޭނުންކުރަން ތައްޔާރުވެފައިވާ ކަމަށް ނަޖާހް ވިދާޅުވި އެވެ.
"ވަރަށް ގިނަ މަސައްކަތްތައް ހުއްޓިފައި ހުރި. ކޮންމެހެން ފައްޓަންޖެހޭ މަސައްކަތްތައް އެބަހުރި. ބައެއް ރަށުގައި އިންޖީނުގެ ވަށައިގެން މީހުން ދިރިއުޅޭއިރު، ވަރަށް ގިނަ ދަތިތައް ކުރިމަތިވޭ. ޓުއަރިޒަމް ޒޯންތައް ކައިރީ އެބަހުރި. 30 މަޝްރޫއުއެއް މިއަހަރު ފަށާނަން. ބައެއް މަސައްކަތްތައް ފެށިފައިވެސްވޭ. ހުއްޓިފައި އެބަހުރި %60، %70 މަސައްކަތް ނިމިފައި ހުރި މަޝްރޫއުތައް. ސަރުކާރުގެ އަމާޒެއް މި 30 އިންޖީނުގޭގެ މަސައްކަތް މިއަހަރު ފަށާ، ވީހާވެސް އަވަހަށް ނިންމުން." ނަޖާހް ވިދާޅުވި އެވެ.
ފެނާއި ނަރުދަމާގެހިދުމަތްވެސް އަތޮޅުތަކުގެ ގިނަ ރަށްރަށުގަައި ފެނަކައިން އަންނަނީ ދެމުންނެެވެ.
ނަޖާހްވިދާޅުވީ ނޮޅިވަރަމާއި އިހަވަންދޫގެ އާރްއޯ ޕްލާންޓްގެ މަސައްކަތް ނިމިފަވާ ކަމަށެވެ. 18 ރަށުގެ ފެނުގެ ނިޒާމު މަރާމާތުކުރުމާއި އަލަށް 3 ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފަށާފަވާކަމަށް ނަޖާހް ވިދާޅުވި އެވެ.
ގުޅުންހުރި

30 އިންޖީނުގެ ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ: ފެނަކަ

ސްކޫލުތައް އޭސީކުރުމަށް ކުރިއަށް ގެންދާ 'ކޫލް ސްކޫލް' މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެނަކައިން ފަށައިފި

އައްޑޫއިން ކަރަންޓު ކެނޑުނީ ބޮޑު އެއް ޖެނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މައްސަލަ ހައްލުކޮށް ހުރިހާ ރަށަކަށް ކަރަންޓުދީފި

.gif&w=3840&q=75)



