
ހިންނަވަރުގައި އަލަށް ހިއްކި ސަރަހައްދަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢު ފެނަކައާއި ހަވާލުކޮށްފި
# ފެނަކަ ކޯޕަރޭޝަން ލިމިޓެޑް--
ޅ ހިންނަވަރުގައި އަލަށް ހިއްކި ސަރަހައްދަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން މި މަޝްރޫއު ފެނަކައާއި ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިންނަވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހިންނަވަރުގައި ހިއްކާފައިވާ ސަރަޙައްދު އާބާދުކުރުމަށް ބޭނުންވާ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެއްވުމުގެ މަސައްކަތް ހަލުވި ދުވެލީގައި ފުރިހަމަ ކޮށްދެއްވާނޭކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވާފައި އެވެ.
މީގެ އިތުރުން މިހާރު ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ކުރިއަށް ނުގެންދާތީ، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްވެސް އަލުން ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުންހުރި

އައްޑޫއިން ކަރަންޓު ކެނޑުނީ ބޮޑު އެއް ޖެނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މައްސަލަ ހައްލުކޮށް ހުރިހާ ރަށަކަށް ކަރަންޓުދީފި

ހިންނަވަރުގައި އަލަށް ހިއްކި ސަރަހައްދަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢު ފެނަކައާއި ހަވާލުކޮށްފި

ކޮރަޕްޝަންގެ ކުށް ސާބިތުވެ ސައީދުއަށް 4 އަހަރުގެ ޖަލު ހުކުމެއް!





