
އައްޑޫއިން ކަރަންޓު ކެނޑުނީ ބޮޑު އެއް ޖެނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މައްސަލަ ހައްލުކޮށް ހުރިހާ ރަށަކަށް ކަރަންޓުދީފި
# ފެނަކަ ކޯޕަރޭޝަން ލިމިޓެޑް-
އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮަށް ހުރިހާ ރަށަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ އައްޑޫ ސިޓީއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބޮޑު އެއް ޖެނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެ ސިޓީން ކަރަންޓުގެ ހިދުމަތް ކެނޑުމާއެކު، ދިމާވި މައްސަލަ ދެނެގަތުމަށް އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރި ކަމަށެވެ.
އަދި އެ މަސައްކަތުގެ ތެރެއިން ޖެނެރޭޓަށް ދިމާވި މައްސަލަ ދެނެގަނެވި، އެ މައްސަލަ ހައްލުކޮށް، އެ ސިޓީގެ ހުރިހާ ރަށަތަކަށް ކަރަންޓު ދޭން ފެށިފައިވާ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.
ފެނަކަ އިން ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެ ކުންފުނިން ހުއްޓާނުލާ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އައްޑޫގެ ޒަމާންވީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން ދާދި ފަހުން ވަނީ އައްޑު އަށް 1.6 މެގަވޮޓްގެ ޖަނަރޭޓަރަކާއި 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެންގޮސްފައި އެވެ. އަދި މިހާރު އެ ޖަނަރޭޓަރުތައް އޮޕަރޭޝަނެއް ގެނައުމުގެ މަސައްކަތް އެކުންފުނީން ދަނީ ކުރަމުންނެވެ.
ގުޅުންހުރި

އައްޑޫއިން ކަރަންޓު ކެނޑުނީ ބޮޑު އެއް ޖެނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މައްސަލަ ހައްލުކޮށް ހުރިހާ ރަށަކަށް ކަރަންޓުދީފި

ހިންނަވަރުގައި އަލަށް ހިއްކި ސަރަހައްދަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢު ފެނަކައާއި ހަވާލުކޮށްފި

ކޮރަޕްޝަންގެ ކުށް ސާބިތުވެ ސައީދުއަށް 4 އަހަރުގެ ޖަލު ހުކުމެއް!





