logoEN
Sto top
ސްކޫލުތައް އޭސީކުރުމަށް ކުރިއަށް ގެންދާ 'ކޫލް ސްކޫލް' މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެނަކައިން ފަށައިފި

ސްކޫލުތައް އޭސީކުރުމަށް ކުރިއަށް ގެންދާ 'ކޫލް ސްކޫލް' މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެނަކައިން ފަށައިފި

އަހުމަދު ޝުރާއު

logo

1/20/2026, 9:41:06 AM

# ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

-

ސަރުކާރުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ، ސަރުކާރު ސްކޫލުތައް އޭސީކުރުމަށް ކުރިއަށް ގެންދާ 'ކޫލް ސްކޫލް' މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

Wamco

ފެނަަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫޢަކީ ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ތަޢުލީމީ ވުޒާރާއިން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށް ދަނީ ގްރޭޓަރ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތްކަން ފާހަގަކޮށް ފެނަކައިން ބުނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ހިމެނޭ ސްކޫލުތަކުގެ ތެރެއިން މިހާތަނަށް 75 އިންސައްތަ ސްކޫލެއްގައި އިންޑޯ އޭސީ ޔުނިޓް މިހާރު އިންސްޓޯލުކޮށްފައިވާ ކަމަށެވެ.

އަދި އަމާޒަކީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ގްރޭޓަރ މާލޭ ސަރަހައްދުގައިވާ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާލުންކަމަށްވެސް ފެނަކައިން ވަނީ ހާމަކޮށްފައި އެވެ.

މި މަޝްރޫއުގެ ދަށުން ރަށްރަށުގެ ސްކޫލުތަކުގައި ހަރުކުރާ އޭސީޢަށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތްވެސް ހަލުވި ސްޕީޑެއްގައި އެކުންފުނީން ކުރަމުން އަންނަ އިރު މިހާރު ބައެއް ރަށްތަކަށް ވަނީ ސްކޫލުތަކަށް ބޭނުންވާ އޭސީއަށް ފޮނުވި ހަރުކުރުމުގެ މަސައްކަތްތައްވެސް ފެށުމަށް ތައްޔާރުވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC