logoEN
cocacola
ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މާބަނޑު އަންހެނަކަށް އަނިޔާވެއްޖެ

ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މާބަނޑު އަންހެނަކަށް އަނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

3/26/2022, 5:44:56 PM

# ތިނަދޫ

9045F831-AB07-4E61-9B09-84F0C9A58032

ގދ ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާތަކެއް ވެއްޖެ އެވެ.

ގޮސިޔާ

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 17:10 ހާއިރު ތިނަދޫ ފްލެޓް ސަރަހައްދު ތާރު މަގުގައި ދެސައިކަލު ޖެހިގެންނެވެ.

މި ހާދިސާގައި އެކްސިޑެންޓްވި އެއްސައިކަލުގައި ތިބީ މާބަނޑު އަންހެނަކާއި ކުޑަކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އެކްސިޑެންޓުގައި އަންހެން މީހާއަށް އަނިޔާތަކެއް ވިނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި އެކްސިޑެންޓުގައި ދެން އިން ސައިކަލުގައި އިން މީހާއަށްވެސް އަނިޔާތަކެއް ލިބިފައިވާކަމަށް މަންޒަރުދުށް ފަރާތަކަށް މައުލޫމާތު ދެއެވެ. އެގޮތުން އެމީހާގެ ބޮލަށް އަނިޔާތަކެއް ވެފައިވާކަމަށް މަންޒަރު ދުށް ފަރާތުން މައުލޫމާތު ދެއެވެ.

އަނިޔާވި މީހުންނަށް ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

މިހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު ހާދިސާއާއި ގުޅޭ ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ