logoEN
cocacola
އިރިގޭޝަން ޕްރޮގްރާމެއް ހޯނޑެއްދޫގައި ކުރިޔަށް ގެންގޮސްފި

އިރިގޭޝަން ޕްރޮގްރާމެއް ހޯނޑެއްދޫގައި ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

3/24/2022, 10:05:38 PM

# ހޯނޑެއްދޫ

focgzl2amaulph4

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ދަނޑުވެރިކަމުގައި ބޭނުންކުރަން އެކަށީގެންވާ ފެންދޭނިޒާމްގެ މައުލޫމާތު ހޯދާ، ރާއްޖޭގެ ރަށްރަށަށް ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން ގދ ހޯނޑެއްދޫގައި އިރިގޭޝަން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.

ގޮސިޔާ

މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް، ރައްކާ ކުރެވިފައި ހުންނަ ފެންފޮދު ވީހާވެސް އިސްރާފް ކުޑަ ގޮތެއްގައި ބޭނުން ކުރެވޭނެ ނިޒާމެއް ގާއިމްކޮށްދިނުމަށާއި ފެންބޭނުން ކުރުމުގައި ދަނޑުވެރިން ކުރިއަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން އިރިގޭޝަން ސިސްޓަމް މަސައްކަތް ކުރާގޮތް ދައްކާ ދިނުމަށްޓަކައި 10 ދަނޑު ވަނީ އެރަށުގައި ޤާއިމްކޮށްފައެވެ. އަދި ރަށުގެ ގިނަދަނޑުވެރީންނާއި، ޝައުގުވެރިވާ ފަރާތްތައް ހިމެނޭގޮތަށް އަދި އިރިގޭޝަން ޕްރޮގަރާމްގައި ބައިވެރިވެފައިވާ 10 ފަރާތް ހިމެނޭގޮތަށް ކަމާއިގުޅޭ މައުލޫމާތު ސެޝަންތައްވެސް ވަނީ ހިންގާފައެވެ.މި ސެޝަންތައް ހިންގާފައިވަނީ 6-16 މާޗް 2022 އަށް "ދަނޑުވެރިކަމުގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ" ނަމުގައިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ދަނޑުވެރިކަމުގެ އާންމު މައުލޫމާތާއި ގަސްހެއްދުމުގައި ދިމާވާތަފާތު ގޮންޖެހުންތައް ހައްލުކުރެވިދާނޭގޮތުގެ މައުލޫމާތުވަނީ ދީފައެވެ.

ދަނޑުވެރިކަމުގެ އަސާސީ މައުލޫމަތުތައް ދެވިގެންދިއަ މި ސެޝަންތަކުތައި ޖުމަލަ 47 ފަރާތަކުން ބައިވެރިވެ 42 މީހަކު ތަމްރީން ފުރިހަމަކޮށްފައިވެއެވެ.

ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް 21 މާޗްގައި އެރަށު ސްކޫލްހޯލްގައި ވަނީ ހަފްލާއެއް ބާވާފައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ހަނދާނީ ލިޔުން ބައްސަވައިދެއްވީ ހޯނޑެއްދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މިދުހަތުﷲ ޢަބްދުލް ޢަޒީޒްއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ