
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
# އައްޑޫ ސިޓީ# އޭއީއެޗް# އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްFOgyMK3aQAMYhft (1)
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލު ކައިރިން ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތެރިވަމުން އަންނަ ކަމަށެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 10:10 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ހަދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ. އަދި އެ ސަރަހައްދުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެއެވެ.
ގުޅުންހުރި

ރާއްޖޭގެ ފުރަތަމަ "މެޑިކޭޝަން ސޭފްޓީ ޖެކެޓް" އޭއީއެޗްއިން ތައާރަފްކޮށްފި

އައްޑޫ ރައްޔިތުންގެ ބިންތައް އަތުލުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި

މީދޫގެ އައު މިސްކިތުގެ 70 އިންސައްތަ މިސައްކަތް ނިމިއްޖެ




