logoEN
WAMCO TOP 1
މީދޫގެ އައު މިސްކިތުގެ 70 އިންސައްތަ މިސައްކަތް ނިމިއްޖެ

މީދޫގެ އައު މިސްކިތުގެ 70 އިންސައްތަ މިސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

7/21/2026, 10:28:49 AM

# އައްޑޫ ސިޓީ

-

އައްޑޫ ސިޓީ މީދޫގައި އަލަށް ބިނާކުރަމުންދާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

THE TRAVELLER AD

އިސްލާމިކް މިނިސްޓްރީން މި މަޝްރޫއުގެ އަދާހަމަ ހާމަކޮށް މިއަދު ބުނީ މިސްކިތުގެ 70 އިންސައްތަ މިހާރު ނިންމާލެވިފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މިސްކިތުގެ ބޮޑުބައި ނިމިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ބާކީ ހުރި ފިނިޝިންގ މަސައްކަތްތައް އެއްކޮށް ނިންމައި، އާންމުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުމަށް ވަނީ އަމާޒުހިފާފައެވެ.

މި މިސްކިތް ބޭނުންކުރަން ފެށުމުން މީދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިސްކިތް އިމާރާތް ކުރުމުގެ މުޅި މަޝްރޫޢު ކޮންޓްރެކްޓްކޮށްގެން ކުރިއަށްގެންދަނީ ނޫރައްދީން އިންވެސްޓްމެންޓާ ހަވާލުކޮށްގެންނެވެ.

ކޮމެންޓް
ފަހުގެ
HDC