
ހިތަދޫ ވިޔަފާރިވެރިންނަށް ކުށްމަދު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ހިއްސާކޮށްފި
# އައްޑޫ ސިޓީ# ދިވެހި ފުލުހުންގެ ޚިދުމަތްއައްޑޫ ސިޓީ
އައްޑޫ ސިޓީ ހިތަދޫގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް އަމާޒުކޮށް ކުށްމަދުކުރުމުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ހިތަދޫ ޕޮލިހުން ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރާއި ހިތަދޫ ޕޮލިސް އިންޗާޖް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އިރުޝާދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގެ އެއް ބައެއްގެ ގޮތުގައި ކުރިއަށް ގެންދެވީ 2026 ޖޫން 8 އިން ޖޫން 30 ވަނަ ދުވަހާ ހަމައަށް ކުށްމަދު ކުރުމަށް އަމާޒުކޮށްގެން ހިތަދޫގައި ކުރިއަށް ގެންދެނުވުނު މަސައްކަތްތަކުގެ ނަތީޖާ ވިޔަފާރިވެރިންނާ ހިއްސާކުރެއްވުމެވެ. މި މަސައްކަތްތަކުގެ ތެރެއިން ހިތަދޫގައި ކުށް މަދުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ރީޖަން ކޮމާންޑަރު އަހުމަދު ޝާކިރު ވިޔަފާރިވެރިންނާ ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން ހިތަދޫއަކީ ކުށުގެ ބިރުވެރިކަން ކުޑަ އަމާން އަދި ރައްކާތެރި މާހައުލެއް އޮތް ތަނަކަށް ހެދުމުގެ ލަނޑުދަނޑިއާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ. ވިޔަފާރި ކޮމިއުނިޓީގެ ފަރާތުން ފުލުހުންނަށް ބޭނުންވާ އެއްބާރުލުން ދެނެގަތުމާއި ރައްޔިތުންނާއި ފުލުހުންގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެ ފަރާތުން ހިޔާލު ބަދަލުކުރެވުނެވެ.
ފުލުހުންގެ ހިދުމަތް މިހާރަށް ވުރެ ހަރުދަނާކޮށް އަވަހަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.
މި ބައްދަލުވުމަކީ ފުލުހުންނާއި ހިތަދޫގެ ވިޔަފާރިވެރިންނާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް ރައްޔިތުންގެ ބައިވެރިވުމާ އެކު ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ.
ގުޅުންހުރި

ހިތަދޫ ވިޔަފާރިވެރިންނަށް ކުށްމަދު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ހިއްސާކޮށްފި

އައްޑޫ އާއި ފުވައްމުލަކު ނޭޗަރ ޕާކު އިތުރަށް ތަރައްގީކުރަނީ

އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި




