logoEN
WAMCO TOP 1
ރާއްޖޭގެ ފުރަތަމަ "މެޑިކޭޝަން ސޭފްޓީ ޖެކެޓް" އޭއީއެޗްއިން ތައާރަފްކޮށްފި

ރާއްޖޭގެ ފުރަތަމަ "މެޑިކޭޝަން ސޭފްޓީ ޖެކެޓް" އޭއީއެޗްއިން ތައާރަފްކޮށްފި

# އޭއީއެޗް# އައްޑޫ ސިޓީ# އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

ރާއްޖޭގެ ފުރަތަމަ "މެޑިކޭޝަން ސޭފްޓީ ޖެކެޓް" އޭއީއެޗްއިން ތައާރަފްކުރުން- ފޮޓޯ: އޭއީއެޗް

ރާއްޖޭގެ ފުރަތަމަ "މެޑިކޭޝަން ސޭފްޓީ ޖެކެޓް" އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ތައާރަފްކޮށްފި އެވެ.

THE TRAVELLER AD

އޭއީއެޗްއިން ބުނީ މިއީ ބައިނަލްއަގްވާމީ ބަލި މީހުންގެ ރައްކާތެރިކަން ކަށަަވަރުކުރުމުގެ މިންގަނޑަށް ހޮސްޕިޓަލުގައި ކަންކަން ފެއްތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކޮށްފައިވާ ކަމެއްކަމަށެވެ.

ރާއްޖޭގެ ދެކުނުން ހިންގަމުންދާ އެންމެ ބޮޑު އެއް ހޮސްޕިޓަލަކީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަށްވާއިރު، މިއީ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބަލި މީހުންނަށްދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ދަށުން ތައާރަފްކުރެވިގެންދިޔަ ޖެކެޓެކެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެމުން ހޮސްޕިޓަލުން ބުނީ މި ޖެކެޓުގެ ބޭނުން ބަލި މީހުންނަށް ބޭސް ދިނުމުގައި ހިދުމަތްކުރަމުންދާ ނަރުހުން ބޭނުންކުރާނީ، އެވަގުތެއްގައި ބަލި މީހުންނަށް ބޭސް ތައްޔާރުކުރުމާއި ބޭސް ދިނުމުގައި މަސައްކަތްކުރާކަމާއި ބަލި މީހުންނަށް ހިދުމަތް ދެމުންދަނީކަން އަންގައިދިނުމަށް ކަމަށެވެ.

އޭއީއެޗް އިން ބުނީ މީގެ ސަބަބުން އެހެން އެއްވެސް ފަރާތަކުން ނަރުހުންނަށް އެވަގުތެއްގައި އިތުރު އެހެންކަމެއްގައި އެހީއަށް އެދި ގޮވާ ނަރުހުންގެ ސަމާލުކަން ގެއްލޭ ފަދަ ކަންކަމުން ދުރުހެލިކުރެވެވޭނެ ކަމަށެވެ.

އޭއީއެޗް އިން ބުނީ މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އަމަލުކުރާ އުސޫލެއް ކަމަށެވެ. އެކަމުގެ މައިގަނޑު ސަބަބަކީ ބަލި މީހާއަށް ބޭސް ތައްޔާރުކުރުމާއި ދިނުމުގައި ހިދުމަތްދޭ ނަރުހުންގެ ސަމާލުކަމާއި އެބަލި މީހުންގެ ރައްކާތެރިކަމާއި ގުޅިފައިވާ މިންވަރު ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި ބޭސް ތައްޔާރުކުރުމުގައި ނަރުހުން ހަރަކާތްތެރިވާ ސަރަހައްދުތަކަކީ "ނޯ އިންޓަރަޕްޝަން ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މީގެއިތުރުން އޭއީއެޗްއިން ބޭހާއި ގުޅޭ އަދި ބަލި މީހުންގެ ރައްކާތެރިކަމާއި ގުޅޭ ހުރިހާކަމެއްގައި މަޝްވަރާކޮށް މަސައްކަތްކުރާނެ މަލްޓި ޑިސިޕްލިނަރީ މެޑިކޭޝަން ކޮމިޓީއެއް އެކުލަވާލާފައިވާކަމާއި، އެ ކޮމިޓީގެ ދަށުން ކުރިއަށް އޮތް އަހަރަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއްގެ ތެރެއިން މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC