logoEN
cocacola
ގައްދޫގައި ބާއްވާ ޛިކުރު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ގައްދޫގައި ބާއްވާ ޛިކުރު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު އިފާޝާ

logo

3/21/2022, 4:41:26 PM

# ޤުރުއާން މުބާރާތް# ގދ.ގައްދޫ# ޒިކުރު ޤުރުއާން މުބާރާތް 1443

bcedab00-47e9-4607-81b3-8f9dda97006c

ގދ. ގައްދޫގައި މިއަހަރު ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޛިކުރު ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ގޮސިޔާ

މި މުބާރާތަކީ، ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގދ އަތޮޅު މަދަރުސާ އަދި ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާ ގުޅިގެން އޭޕްރިލް މަހު 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ޤުރުއާން މުބާރާތެކެވެ.

މި މުބާރާތަކީ ހުރިހާ އުމުރުފުރާއަކާއި ގުޅިގެން ގދ. ގައްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ. އަދި މި މުބާރާތުގައި ޙާއްސަ ކެޓަގަރީއެއްގެ ގޮތުގައި 'ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ" ކެޓަގަރީ އެއް އިތުރުކުރެވިފައިވާކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މި މުބާރާތް އިންތިޒާމް ކުރާ ފާރާތުން ބުނީ، މި މުބާރާތަކީ، ޤުރުއާނުގެ ފަންނު ދިރުވުމާއި ކިޔެވުމުގެ ލޯބި އަށަގެންނެވުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި، ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމާއި، ކީރިތި ޤުރުއާން ރައްކައުތެރިކުރުމަށް މަސައްކަތްކުރުމާއި، އިސްލާމްދީނުގެ ޝިއާރުތަކަށް އަޙުލުވެރި މުޖްތަމަޢެއް ބިނާކުރުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

އޭގެ އިތުރުން ފުލުހުންނާއި ރަށުގެ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުން އިތުރު ކުރުމާއި، މުއައްސަސާތަކާއި ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިކޮށް އެކުވެރި މާހައުލެއް އުފެއްދުމާއި، ރައްޔިތުން މުއައްސަސާތަކަށް ކުރާ އިތުބާރު ބޮޑުކުރުމުގެ އިތުރުން އިންކުލ ސިވް އެޑިއުކޭޝަންގެ ތެރެއިން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް މުޖުތަމަޢުގައި ޢާންމުނާއި އެއްހަމައެއްގައި ބައިވެރިވެރިކުރުމަކީ މި މުބާރާތުގެ މަޤްސަދެއްކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 31 މާރޗް 2022 ގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް 7424731 ނަންބަރަށް ގުޅުއްވުމަށް މުބާރާތް އިންތިޒާމް ކުރައްވާ ފަރާތުން ވަނީ އެދިލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ