
މިރޭގެ އިޙްޔާ ފޯރަމް ގދ. ގައްދޫގައި، ތަޤުރީރު ކުރައްވާނީ އައްޝައިޚް ޢަބްދުﷲ ސަޢުދާން!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ# ގދ.ގައްދޫ--
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ސިލްސިލާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ގދ. ގައްދޫގައި އޮންނާނެއެވެ.

މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ގައްދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފޯރަމްއެކެވެ.
"ނުރަނގަޅު އާދަތައް ދޫކުރުން" މި މަޢުޟޫއަށް މި ފޯރަމްގައި ތަޤުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް ޢަބްދުﷲ ސަޢުދާންއެވެ.
އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތެރޭގެ އިޙްޔާ ފޯރަމް އޮންނާނީ ގައްދޫގެ އިތުރުން ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫގެ އިތުރުން ރ. މީދޫގައެވެ.
މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

މައުމޫން ފައުންޑޭޝަންގެ އިޙްޔާ ފޯރަމްގައި މިރޭ ތަޤުރީރު ކުރައްވާނީ ވަޒީރު ޝަހީމް!

ދަރިވަރުންގެ ތިން ވަނަ އިހްޔާ ފޯރަމް މިރޭ، ހުށައަޅައިދޭނީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްއިން!

އިސްލާމްދީނުގެ ހިދާޔަތު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ!
