
--
ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިމެއް ކުއްޔަށްދޭން އިއުލާނުކޮށްފި އެވެ.

ގައްދޫ ކައުންސިލުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ ގދ.ގައްދޫ ނައިޓް ކްއީން ގޯތީގެ އުތުރުން އޮތް ހުސްބިމުން 1735.00 (އެންހާސް ހަތްސަތޭކަ ތިރީސްފަހެއް) އަކަފޫޓްގެ ބިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ހިންގުމަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެގޮތުން މިބިމުގައި ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ކަންތައްތައް ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެކައުންސިލުން ވަނީ އެދިފައެވެ.
އެގޮތުން މި ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ 13:00 ގެ ކުރިން އަންދާސީ ހިސާބު ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ހުށަހެޅުމަށް ވަނީ ކައުންސިލްގެ އިއުލާނުގައި އެދިފައެވެ.
ގައްދޫ އަކީ ފަތުރުވެރިކަމުން ކުރިއަރުމުން އަންނަ ރަށެކެވެ. އެގޮތުން އެރަށަކީ ރާއްޖޭގައި ހުރި އެންމެ ރަނގަޅު ރާޅު ޕޮއިންޓުތަކުގެ ތެރެއިން ރާޅު ޕޮއިންޓު އޮތް އެއް ރަށްކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

މެޗުގެ އެންމެ ފަހުވަގުތު ފިޔޯރީ ރޮއްވާލުމަށްފަހު ގައްދޫ ސެމީފައިނަލުން ޖާގަހޯދައިފި

ގައްދޫއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިމެއް ކުއްޔަށްދެނީ
