logoEN
cocacola
ގައްދޫއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ގައްދޫއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

8/19/2024, 6:54:09 AM

# ގދ.ގައްދޫ

--

ގދ ގައްދޫއިން މަސްތުވާތަކެއްޗާއި އެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ގދ ގައްދޫގައި މަސްތުވާތަކެތީ ގެންގުޅޭ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން އޮގަސްޓު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ގައްދޫ ފަހާގެއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އަލީ ނާސިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަލާފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މިތަކެތީގެ ވަގުތީ ބަރުދަނަކީ 96.5 ގްރާމް ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުޗަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިއެވެ.

މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ