
ދިވެހިރާއްޖޭގައި ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ހަތަރު ފަރާތަކަށް ދޫކޮށްފި
# މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ# ޤައުމީ ޕޭމަންޓް ސިސްޓަމް# އެމްއެމްއޭFOC7eOjVQAAM6Az
ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ހަތަރު ފަރާތަކަށް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދޫކޮށްފި އެވެ.

އެމްއެމްއޭއިން ޕޭމަންޓް ހިދުމަތް ދިނުމަށް މިއަދު ލައިސަންސް ދޫކޮށްފައިވަނީ ވީޓީޓީ ފައިނޭންސް ޕްރައިޓެޑް ލިމިޓެޑް އާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ޕޭޔަރ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ފަހިޕޭ ޕްރައިވެޓް ލިމިޓެޑަށެވެ.
އެމްއޭއިން މިގޮތުން އެ ފަރާތްތަކަށް ލައިސަންސް ދޫކޮށްފައިވަނީ ވަކި ހާއްސަ ޕޭމަންޓް ޚިދުމަތްތައް ދިނުމަށެވެ.
ވީ.ޓީ.ޓީ. ފައިނޭންސް ޕްރައިޓެޑް ލިމިޓެޑަށް ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް ދިނުމަށް
ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް ދިނުމަށް
ޕޭޔަރ ޕްރައިވެޓް ލިމިޓެޑަށް އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް
ފަހިޕޭ ޕްރައިވެޓް ލިމިޓެޑަށް އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިނުމަށް
މި ލައިސަންސްގެ ދަށުން ވީ.ޓީ.ޓީ. ފައިނޭންސް ޕްރައިޓެޑް ލިމިޓެޑްއިން އަދި ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ދިނުމަށް ނިންމާފައިވާ ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތަކީ މީގެ ކުރިން އެމްއެމްއޭއިން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ދެމުން އަންނަ ޚިދުމަތެއްކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
އަލަށް ދޫކުރެވިގެން ދިޔަ މި ލައިސަންސްތަކުގެ ސަބަބުން ގިނަ ޕޭމަންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ މަގުފަހިވެގެން ދާނެކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ގުޅުންހުރި

އެމްއެމްއޭގެ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފި؛ މަހަކު 10,000 ރުފިޔާއާ ހަމައަށް އުޖޫރައެއް!

ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާއި ގުޅޭ ސާރވޭގެ މަސައްކަތް ފަށައިފި

ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭގޮތުން އެމްއެމްއޭއިން ސާވޭއެއް ހަދަނީ




