logoEN
WAMCO TOP 1
ޖޫން މަހުގެ ރަސްމީ ރިޒާވް 686 މިލިޔަން ޑޮލަރަށް

ޖޫން މަހުގެ ރަސްމީ ރިޒާވް 686 މިލިޔަން ޑޮލަރަށް

# އެމްއެމްއޭ

އެމްއެމްއޭ

މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާކަަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

THE TRAVELLER AD

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުން ހާމަވާ ގޮތުގައި 2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 686.8 މިލިޔަން އެމެރިކާ ޑޮލަރުގައެވެ. މިއީ މިދިޔަ މެއި މަހާ އަޅާބަލާއިރު 18.0 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިޔަން ޑޮލަރު ނުވަތަ 17.5 އިންސައްތަ ދަށް އަދަދެކެވެ.

އެމްއެމްއޭ ގެ ތަފާސްހިސާބުން ދައްކާގޮތުގައި ރިޒާވްގެ ޖުމްލަ އަދަދު ދަށްވިޔަސް، 2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ޔޫސަބަލް ރިޒާވް ހުރީ 248.9 މިލިޔަން ޑޮލަރުގައެވެ. މިއީ މިދިޔަ މޭ މަހާއި އަޅާބަލާއިރު 11.9 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު މިއަދަދު ހުރީ 203 މިލިޔަން ޑޮލަރުގައެވެ. މިއީ ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްއެމްއޭ އިން ބުނީ މިއަހަރު މޭ މަހާއި އަޅާ ބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވުން ހިމެނެއެވެ.2026 ވަނަ އަހަރުގެ މާރިޗު މަހު ރިޒާވް 1,331.8 މިލިޔަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް ވަނީ 645.0 މިލިޔަން ޑޮލަރުގެ ދަށްވުމެއް އައިސްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު މިންވަރެއް މަދުވެފައިވަނީ އޭޕްރީލް މަހުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ފަހުގެ
HDC