logoEN
WAMCO TOP 1
ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭގޮތުން އެމްއެމްއޭއިން ސާވޭއެއް ހަދަނީ

ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭގޮތުން އެމްއެމްއޭއިން ސާވޭއެއް ހަދަނީ

# ސާވޭ# އެމްއެމްއޭ

އެމްއެމްއޭ

މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭގޮތުން ސާވޭއެއް ހެދުމަށް ނިންމައިފި އެވެ.

THE TRAVELLER AD

އެމްއެމްއޭއިން ބުނީ މިއީ "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" ގެ ނަމުގައި ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށް، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސާވޭއެއް ކަމަށެވެ.

އެމްއެމްއޭއިން މި ސާވޭ ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގަ އެވެ.

އެމްއެމްއޭ އިން ވަނީ މި ސާވޭގައި މައިގަނޑު ގޮތެއްގައި ހޯދާ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އެގޮތުން ދަތުރުކުރި ގައުމާއި، ޓިކެޓުގެ ހަރަދާއި، ހުރުން އަދި ޖުމްލަކޮށް މުޅި ދަތުރަށް ކުރި ހަރަދުގެ މައުލޫމާތު ހޯދުން ހިމެނޭކަމަށް އެމްއޭއިން ފާހަގަކުރި އެވެ.

މި ސާވޭގައި އެއްކުރާ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ މައުލޫމާތު ނުނަގާނެ ކަމަށެވެ.

View post on Twitter

މީގެއިތުރުން އެމްއެމްއޭ އިން ވަނީ މި މުއްދަތުގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިން މިކަމަށް އެއްބާރުލުން ދިނުމަށް އެދިފަ އެވެ. އަދި އެދުވަސްތަކުގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވާނެކަމަށް އެމްއެމްއޭ އިން ފާހަގަކުރި އެވެ.

އެމްއެމްއޭއިން ދަނީ ބޭރަށް ފުރާ ދިވެހީންނަށް ކަނޑައަޅައިފައިވާ ޑޮލަރު ރޭޓުގައި 500 ޑޮލަރު ދެމުންނެވެ. އަދި ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކުން ބޭރަށް ކުރާ ދަތުރާއި ހުރުމަށާއި ބޭސްފަރުވާއަށް 3،000 ޑޮލަރު ދޫކުރެ އެވެ.

ކޮމެންޓް
ފަހުގެ
HDC