logoEN
WAMCO TOP 1
އެމްއެމްއޭގެ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފި؛ މަހަކު 10,000 ރުފިޔާއާ ހަމައަށް އުޖޫރައެއް!

އެމްއެމްއޭގެ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފި؛ މަހަކު 10,000 ރުފިޔާއާ ހަމައަށް އުޖޫރައެއް!

އަހުމަދު ޝުރާއު

logo

8/6/2026, 9:44:06 AM

# މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

-

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހި ދަރިވަރުންނަށާއި ދަސްވެނިންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

THE TRAVELLER AD

މަރުކަޒީ ބޭންކުގެ މަސައްކަތްތަކާއި މާލީ ދާއިރާގެ އަމަލީ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި ފަހަރުގެ ޕްރޮގްރާމުގައި ޖުމްލަ 10 ފުރުސަތު ވަނީ ކަނޑައަޅާފައެވެ.

މި އިންޓާންޝިޕް ޕްރޮގްރާމަކީ އޯލެވެލް، އޭލެވެލް، ޑިގްރީ ނުވަތަ މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މުއްދަތަކީ 2 ހަފުތާއާއި 1 އަހަރާ ދެމެދުގެ މުއްދަތެއް ކަމަށްވާ އިރު، އިންޓާންޝިޕަށް ހޮވޭ ފަރާތްތަކުގެ މަސައްކަތު ގަޑިއަކީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ.

އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އެ ފަރާތެއްގެ ތައުލީމީ ފެންވަރަށް ބަލައި އުޖޫރައެއް ލިބިގެންދާނެއެވެ. އެގޮތުން އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ފަރާތްތަކަށް 8،000 ރުފިޔާ ކަނޑައަޅާފައިވާ އިރު، ޑިގްރީއެއް ހަދާފައިވާނަމަ 9،000 ރުފިޔާ އަދި މާސްޓާސް ފުރިހަމަކޮށްފައިވާނަމަ 10،000 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ.

މި ޕްރޮގްރާމުގެ ދަށުން އިކޮނޮމިކްސް، އައިޓީ، މީޑިއާ އެންޑް ކޮމިއުނިކޭޝަން، ލީގަލް، ބޭންކިން، އެކައުންޓިން އަދި އެޑްމިނިސްޓްރޭޝަން ފަދަ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 13 ވަނަ ދުވަހެވެ. ޝައުގުވެރިވާ ފަރާތްތަކުން ސަރުކާރުގެ ކެރިއަރ ޕޯޓަލް (careers.gov.mv) މެދުވެރިކޮށް ސީވީއާއި ތައުލީމީ ސެޓުފިކެޓުތަކާއެކު ފޯމު ހުށަހަޅަންޖެހޭނެއެވެ. އަދި 18 އަހަރު ނުފުރޭ ކުދިންނަށް ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ބޭނުންވާނެ އިރު، ޝޯޓްލިސްޓް ކުރާ ފަރާތްތައް ހޮވުމުގައި މާލީ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި، ލީޑަރޝިޕް ހުނަރާއި، މުއާމަލާތް ކުރުމުގެ ގާބިލުކަމަށް ބަލާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކޮމެންޓް
ފަހުގެ
HDC