logoEN
cocacola
ތިނަދޫން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގތަކުގައި ބަޔާންދިނުމަށް ނަންނޯޓް ކުރުމުގެ ސުންގަޑިއަކީ މާދަމާ!

ތިނަދޫން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގތަކުގައި ބަޔާންދިނުމަށް ނަންނޯޓް ކުރުމުގެ ސުންގަޑިއަކީ މާދަމާ!

އަހުމަދު ޝުރާއު

logo

3/14/2022, 8:58:17 PM

# ތިނަދޫ# ތިނަދޫއިން މީހުން ބޭލި ހާދިސާ

maldives-thinadhoo-gdh-thinadhoo-museum-park-blue

ގދ ތިނަދޫން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގތަކުގައި ބަޔާން ދިނުމުގެ ސުންގަޑި މާދަމާއަށް ހަމަވާނެ އެވެ.

ގޮސިޔާ

1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ ޕަބްލިކް ހިއަރިންގތައް ފުރަތަމަ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގދ ތިނަދޫގައެވެ.

އެގޮތުން ތިނަދޫގައި ބާއްވާ އަޑުއެހުންތަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މާރިޗު މަހުގެ 19 އިން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އަޑުއެހުންތަކުގައި ބަޔާން ދިނުމަށް ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ މާދަމައެވެ. މިގޮތުން އެ އޮފީހުގެ ނަންބަރު 7223473 ނަންބަރަށް ގުޅައިގެންނާއި އިންތިގާލީ އިންސާފުގެ އޮފީހަށް އީމެއިލް ކޮށްގެން ވެސް ނަން ނޯޓު ކުރެވޭނެއެވެ.

އެ އަޑުއެހުންތައް އޮންނާނީ އަންނަ ހުނިހިރު ދުވަހުން ފެށިގެން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 14:30 އިން އިރުއޮއްސި 18:00 އަށް ކަމަށް އެ އޮފީހުން ބުނެ އެވެ. އަޑުއެހުންތައް ކުރިއަށްދާނީ ތިނަދޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ހޯލްގައެވެ.

އެ މައްސަލަތަކުގެ އަޑުއެހުންތައް މާލޭގައިވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލޭގައި ބާއްވާ އަޑުއެހުންތަށް ކުރިޔަށް ދާނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ މީގެ 60 އަހަރު ކުރިން ފެބުރުއަރީ ދެ، 1962 ގަ އެވެ. ތިނަދޫ އަލުން އާބާދުވިތާ މިއަހަރު 56 އަހަރު ފުރޭ އިރު ތިނަދޫއިން މީހުން ބޭލި ހާދިސާ ތަހުޤީޤުކުރުމަށް އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅާފައިވަނީ ތިނަދޫ ކައުންސިލުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ