logoEN
Sto top
1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން އޭޕްރިލް 1 ގައި!

1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން އޭޕްރިލް 1 ގައި!

އަހުމަދު ޝުރާއު

logo

3/13/2022, 9:51:38 PM

# ރޯދަ މަސް# 1443 ވަނަ އަހަރުގެ ރަމަޟާން މަސް

33c5a373-cdd6-45aa-bea8-f0e9dfc487e8_1140x641

ކުރިއަށް އޮތް ރޯދަ މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސްނެގުން އަންނަ މަހުގެ 1 ވަނަ ދުވަހު އޮންނާނެކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

Wamco

އެ އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، ފާއިތުވި އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް ދެވެނޭ އިންތިޒާމު، ރަށުގައި ނަމަ، މެޖިސްޓްރޭޓް ކޯޓުގައި އަދި މާލޭގައި ނަމަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ހަމަޖެހިފައިވާ ކަމަށެވެ.

އަދި ހެކިބަސް ދޭ ވަގުތު އެ ރަށެއްގައި މެޖިސްޓްރޭޓަކު ނެތްނަމަ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެ ކަމަށެވެ.

ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ހަނދުހުރި އުސް މިނާއި، މިސްރާބާއި އެނޫންވެސް އެފަދަ މުހިއްމު މައުލޫމާތު ދޭންޖެހެ އެވެ. ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭޕްރީލް އެކެއްވާ ހުކުރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް ޑީޖޭއޭގެ އިއުލާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ މިއަހަރުގެ ކަލަންޑަރު ބުނާގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ކުރިއަށް އޮތް އޭޕްރީލް މަހުގެ ދެވަނަ ދުވަހެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside