
ރޯދަމަހު ދަންވަރު 1 އާ ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ
# ވިޔަފާރި# ރޯދަ މަސް# ވިޔަފާރި ގަޑި166573_3_248425f1719b0a6806202231bd9382e96b228141_large
ކުރިއަށް ރޯދަ މަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދަންވަރު 1:00 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެ ގޮތަށް އަމަލު ކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ޝައްވާލު މަހުގެ ހަތް ދުވަސް ނިމެންދެން އެގޮތަށް އަމަލު ކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މި މުއްދަތުގައި ކެފޭ/ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.
ގުޅުންހުރި

ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވައިފި

އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ދިވެހި ވިޔަފާރިތަކަށް ފުރުސަތު ހޯދަން ސައުދީއާ އެކު މަޝްވަރާކޮށްފި

.gif&w=3840&q=75)



