logoEN
cocacola
ރޯދަމަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް ތިނަދޫ ކައުންސިލުން އިލްތިމާސްކޮށްފި

ރޯދަމަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް ތިނަދޫ ކައުންސިލުން އިލްތިމާސްކޮށްފި

އަލްފާ އަލީ

logo

3/7/2024, 9:55:22 AM

# ރޯދަ މަސް# ތިނަދޫ ސިޓީ# ތިނަދޫ ސިޓީ ކައުންސިލް

ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ ---

ރޯދަ މަހު އެއްވެސް ބާވަތެއްގެ ކުޅިވަރު ޙަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް އިންތިޒާމްކޮށް ނުހިންގުމަށް ތިނަދޫ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ގޮސިޔާ

ތިނަދޫ ސިޓީ ކައުންސިލުން އިއްޔެ އާއްމު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ރަމަޟާން މަހަކީވެސް ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި ޢާދަކާދައާއި އުޞޫލުތައް އާލާވާން ފުރުޞަތު ފަހިވާ ޚާއްޞަ ދުވަސް ތަކަކަށް ހަދައިދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތިނަދޫ ކައުންސިލުގެ އިއުލާނުގައި ވަނީ ރަށުގައިހުރި ތަޢުލީމު ފޯރުކޮށްދޭ ތަންތަނުންނާއި، ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާޢަތް ތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމު ތަކާއި ގްރޫޕް ތަކުންވެސް ރަމަޟާން މަހާ ކުރިމަތިލާއިރު ރަމަޟާންމަހުގެ މަޤްޞަދު ޙާޞިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމްކުރުމަށް އިލްތިމާސްކޮށްފައެވެ.

ދުވާލު ރޯދަޔަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ވީހާވެސްބޮޑަށް ޙަމްދަރުދީވެ އަޅާލައި، ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް ވަގުތު ފަހިކޮށްދިނުމާއި، ޚާއްޞަކޮށް ފަރުޟު ނަމާދުތަކުގެ ޖަމާޢަތުގެ ވަގުތު ތަކާއި، ތަރާވީޙް ނަމާދާއި، ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތު ތަކާއި ފުށު ނާރާނެހެން، އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމްކުރުމަށްވެސް ތިނަދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ކްލަބު ޖަމިއްޔާ، ޖަމާޢަތްތަކަށް ނުވަތަ އިޖުތިމާޢީ ޙަރަކާތްތައް ހިންގުމަށް ޚާއްޞަކޮށްގެން ކައުންސިލުން ދޫކޮށްފައިވާ ބިންބިމާއި ޢިމާރާތްތައް ނޫން ތަންތާގައިވެސް (ދިރިއުޅުމުގެ ބޭނުން ފަދަ ގޮތްގޮތުން ދޫކޮށްފައިވާ ތަންތަނުގައި) ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޙަރާކާތްތައް ޢާއްމުކޮށް ހުޅުވާލައިގެން ނުވަތަ އެނޫންގޮތަށް ވިޔަސް ނުހިންގުމަށްވެސް ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ޙަރަކާތްތަކެއްވިޔަސް ކޮންމެހެން ހިންގަން ޖެހޭ ޙާލަތެއް މެދުވެރިވެގެން މެނުވީ (ރަމަޟާން މަހާއި ގުޅުން ހުރި، ދީނީގޮތުން ބޭނުންތެރި ކަންކަން މެނުވީ) ދުވާލު ނުވަތަ ރޭގަނޑު ވިޔަސް ނުހިންގުމާއި، އަދި ރަމަޟާން މަހާއި ގުޅުންހުރި ޙަރަކާތެއް ރޭވިޔަސް، އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތު ތަކަށް ދަތިނުވާނެހެން، މީހުންނަށް މާބޮޑު ބުރަޔަކަށް ނުވާނެހެން، މާދިގުލައި ނުދާނެހެން، ފަރުވާތެރިކަމާއެކު އެފަދަ ޙަރަކާތްތައް އިންތިޒާމް ކުރުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލުން ބުނެފައިވަނީ، ދީނީ ޙަރަކާތްތައް މުނާސިބު ގޮތެއްގައި އިންތިޒާމް ކުރިކަމުގައިވިޔަސް، އެފަދަ ކަންކަމުގައިވެސް ކަމެއް ދިމާވެއްޖެ ނަމަ ރައްޔިތުންނަށާއި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ޖަވާބުދާރީވާންޖެހޭ ރަށުގައިހުރި ދައުލަތުގެ އެއްމެ އިސް މުއައްސަސާއަކީ އެއިދާރާކަމަށްވުމުން އެއިދާރާއަށް އެކަންކަމުގެ މަޢުލޫމާތު ވީވަރަކުން ދުރާލައި ޙިއްޞާ ކުރަން ޖެހޭނެ ކަމަށެވެ.

ރަމަޟާން މަހާއި މިފަހަރު ގުޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމުން އިންތިޚާބާއި ގުޅުވައިގެން ހިންގޭ ޙަރަކާތްތައްވެސް މިދެންނެވި ޙުދޫދުތަކުގެތެރޭގައި ހިންގުމަށް ކެނޑިޑޭޓުންނާއި، ޕާޓީތަކުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނާއި، ކެނޑިޑޭޓުންނަށް ތާއީދު ކުރައްވާ އެއްމެހާ ފަރާތްތަކުންވެސް ޢަމަލީގޮތުން ބާރުއެޅުއްވުމަށްވެސް ކައުންސިލުން ވަނީ ގޮވާލާފަައެވެ.

ކަސްރަތާއި ޞިއްޙީ ބޭނުންތަކަށް ޙަރަކާތްތެރިވާ ފަރާތްކަށް މަގުފަހިކޮށްދިނުމަށްޓަކައި ރަށުގައިހުރި ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތު ތަކުގައި ޢާއްމުކޮށް ހުޅުވާފައި ބެހެއްޓޭނެ ކަމަށާއި، އަދި މީގެތެރެއިން ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިހުރި ތަންތަނުގެ ތެރެއިން ވަގުތު ކަނޑައެޅިގެން ހުޅުވާފައި ބެހެއްޓޭ ތަންތަނުގެ މަޢުލޫމާތު ވަކީން ޢާއްމުކޮށް އިޢުލާނު ކުރާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުގެ އެދިލެއްވުމާއި އެއްގޮތަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި، ޤަޞްތުގައި މިފަދަ އުޞޫލުތަކާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއިން އެއްވެސް ކަމެއްގައިކައުންސިލް އިދާރާގެ އެއްބާރުލުން ނުލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިކަންކަމާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ޙާލަތުގައި އެފަދަ ފިޔަވަޅުވެސް އަޅާނެކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ ރޯދަމަސް ތަކުގައި ވެސް ތިނަދޫ ކައުންސިލުން ވަނީ އަޅުކަމަށް މަގުފަހި ކުރުމަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
ޅިޔަނު

ތިނަދޫގައި ހުންނަ އެންމެ އިސް މުވައްސަސާއަކީ ޤާނޫނު ބުނާގޮތުން އަތޮޅު ކައުންސިލް

މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ