
big_RCg8DFG56hDPJmq
ކުރިއަށް އޮތް ރޯދަމަހި ގޭބިސީތަކުން ކުނި ނަގާނެ ގަޑިތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިއުލާނުކޮށްފި އެވެ.

ވެމްކޯ އިން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ރޯދަމަހު ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:00 އިން 00:00 އަށް ކަމަށެވެ.
އަދި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށް ލިބޭނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ލިބޭނެ ކަމަށް ވެމްކޯ އިން ބުނެފައިވެއެވެ.
ކޮމާޝަލް ކަލެކްޝަން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ. އަދި ހުކުރު ދުވަހު ކުނި ނަގާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ވެމްކޯއިން ބުނެފައި ވަނީ ރޯދަމަހު މާލެ ސަރަހައްދުގައި ކޯލް އެންޑް ޕިކް-އަޕް ސާވިސް ގެ ހިދުމަތް ދޭން ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށް ކަމަށެވެ. ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށް އެ ހިދުމަތް ދޭނެ ކަމަށް ބުނެފައި ވެއެވެ.
ވެމްކޯގެ މައި އޮފީސް ހުޅުވާފައި ހުންނާނީ އާދީއްތަ އިން ބުރާސްފައްޗަށް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ވެމްކޯއިން ބުނެއެވެ. އަދި ކޯލް ސެންޓަރުގެ ހިދުމަތް ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އަދި ރޭގަނޑު 9:00 އިން 00:00 އަށް ދެވޭނޭ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި ހުކުރު ދުވަހު ކޯލް ސެންޓަރުގެ ހިދުމަތް ދެވޭނީ ރޭގަނޑު 9:00 އިން 00:00 އަށް ކަމަށް ވެމްކޯއިން ބުނެއެވެ.
އޭގެ އިތުުރުން، ރޯދަ މަހު މަގުމަތި ފޮޅައި ސާފުކުރާނީ ރޭގަނޑު 9:00 އިން ދަންވަރު 3:00 އަށް ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.
ގުޅުންހުރި

މާދަމާ މާލޭގެ ގޭބިސީތަކުގެ ކުނި ވެމްކޯއިން ނަގާނީ މެންދުރު ދޭކުން އިރުއޮއްސި ހަޔަކާއި ހަމައަށް!

އައު ޓާމިނަލް ހުޅުވުމުގެ ފަހުގެ ތައްޔާރީތަކުގައި ވެމްކޯ މުވައްޒަފުންވެސް އެހީތެރިވަނީ!

އައްޑޫގައި ހަދާފައިވާ ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ މަރުކަޒު ވެމްކޯއާ ހަވާލުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
