logoEN
cocacola
އަހަރުގެ މިހާތަނަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

އަހަރުގެ މިހާތަނަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

އަހުމަދު މާހު

logo

3/12/2022, 1:58:14 PM

# ފަތުރުވެރިކަން# ރާއްޖޭގެ ފަތުރުވެރިކަން# ޓޫރިޒަމް# ފަތުރުވެރިކަމުގެ ރަން އަހަރު

ފަތުރުވެރިން | Tourist

މިއަހަރު މިހާތަނަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

ގޮސިޔާ

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސަބުތައް ދައްކާގޮތުގައި މިއަހަރު ފެށިގެން މާޗް 9ވަނަ ދުވަހާ ހަމައަށް 324،742 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރާއްޖެއަށް ރަޝިއާއިން 48،173 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މި މުއްދަތުގައި ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 14.8 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 36،608 ފަތުރުވެރިންނެވެ. 31،433 ފަތުރުވެރިންނާއެކު މި ލިސްޓުގެ ތިންވަނައިގައި އޮތީ އިންޑިއާ އެވެ.

ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 4776 ފަތުރުވެރިން ޒިޔާރަތްކުރާކަަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން އެވަރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ