
ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ތިން ގައުމެއްގައި އިންވެސްޓްމެންޓް ފޯރަމްތަކެއް ބާއްވަނީ
# ފަތުރުވެރިކަން# މިނިސްޓަރ ފައިސަލްމިނިސްޓަ ފައިސަލް
ފަތުރުވެރިކަމަށް ބޭރުގެ އިންވެސްޓަރުން ހޯދުމަށް 3 ގައުމެއްގައި އިންވެސްޓްމެންޓް ފޯރަމްތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ދައުލަަތުގެ މީޑިއާއިން ގެނެސްދޭ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ފަސްއަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އިންވެންޓްމެންޓުތައް ގެނައުމަށްޓަކައި މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ޚާއްސަ އިންވެސްޓްމެންޓް ފޯރަމްތަކެއް ވަރަށް އަވަހަށް ދުބާއީ, ސިންގަޕޫރޫ އަދި ތައިލެންޑުގައި ބާއްވާނެ ކަން މިނިސްޓަރ ހާމަކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ކުރިޔަށް ގެންދިޔުމަށްޓަކައި މިހާރު މިނިސްޓްރީއާއި އެމްއައިޓީޑީސީއާއި އެމްއެމްޕީއާރްސީ ގުޅިގެން ޓެކްނިކަލް މަސައްކަތްތައް ކުރިޔަށް ގެންދަމުންދާކަމަށެވެ.
މި އިންވެސްޓްމެންޓް ފޯރަމުގައި ބޮޑަށް މަސައްކަތްކުރާނީ މިހާރު ރާއްޖޭގައި ފަތުރުވެރިކަން ނެތް ތަންތަނުގައި ފަތުރުވެރިކަމަށް އިންވެސްޓަރުން އިންވެސްޓުކުރުވުމަށް ކަމަށާއި އެކަމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި އެކު އެފަދަ ތަންތަނުގައި އިންވެސްޓްކުރާ ފަރާތްތަކަށް ލުއިތަކެެއް ދިނުމަށް މަޝްވަރާކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މި ފޯރަމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފޯރަމް ތައިލެންޑުގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ފަތުރުވެރިކަމަށް އިންވެންޓްމެންޓް ފޯރަމްތަކެއް ބޭއްވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެކު ކުރިޔަށްދާ މަސައްކަތްތަކެއް ކަމަށާއި މި މަސައްކަތް ކުރިޔަށްދާނީ އެމަނިކުފާނުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރިސޯޓުތަކުގައި 7 ލައްކަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފި

ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން 'އައި އެމް މޯލްޑިވްސް' ގެ ނަމުގައި ރޯޑް ޝޯއެއް މެލޭޝިޔާގައި ބާއްވައިފި

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ ލޯނެއް ބީއެެމްއެލް އިން ތައާރަފްކޮށްފި




