
އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑާ އެކު އިތުރު އެވޯޑުތަކެއް ރާއްޖެއަށް ލިބިއްޖެ
# ވިޒިޓް މޯލްޑިވްސް# ފަތުރުވެރިކަން# ވޯލްޑް ޓްރެވަލް އެވޯޑްސް# އެމްއެމްޕީއާރުސީރާއްޖެއިން ޙާސިލްކުރި އެވޯޑުތަކާއެކު
އިންޑިޔާ ކަނޑުގެ މި އަހަރުގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑާއެކު އިތުރު އެވޯޑުތަކެއް ރާއްޖެއިން ޙާސިލްކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް ކުރިއެރުވުމުގެ މަސައްކަތްކުރާ އެމްއެމްޕީއާރްސީން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ވަނީ، ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިޔުޓީއޭ) އިން ދޭ، އިންޑިޔާ ކަނޑުގެ ހަތަރު އެވޯޑެއް ރާއްޖެއިން ޙާސިލްކުރިކަން ޢިއުލާންކޮށްފައެވެ.
މި އިނާމުތައް ރާއްޖެއިން ޙާސިލްކޮށްފައިވަނީ މިހާރު ދުބާއީޛގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)ގައެވެ. އެގޮތުން އިންޑިޔާ ކަނޑުގެ މި އަހަރުގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމުގެ އިތުރުން ރާއްޖެއިން ޙާސިލް ކުރި އެވޯޑްތަކަކީ:
- އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ހަނީމޫނު މަންޒިލް 2024
- އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ގްރީން މަންޒިލް 2024
- އިންޑިޔާ ކަނޑުގެ އެންމެ މަގުބޫލު ޑައިވް މަންޒިލް 2024
މި އެވޯޑުތަކާއި ރާއްޖޭގެ ފަރާތުން ހަވާލުވީ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލްގެ އިތުރުން، އެމްއެމްޕީއާރްސީގެ ޗެއާޕާސަން އައިޝަތު ނޫރައިން އަދި އެ ކޯޕަރޭޝަނުގެ ބޭފުޅުންނެވެ.
މީގެ ކުރިން ވެސް ރާއްޖެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ޝަރަފުވެރި އެވޯޑުތަކެއް ޙާސިލްކޮށްފައެވެ. އެގޮތުން ޑަބްލިޔުޓީއޭއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ފާއިތުވި ހަތަރު އަހަރު ޙާސިލް ކުރީ ރާއްޖެއިންނެވެ. އެއީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލު ކަމުގެ އެވޯޑެވެ.
އެ އެވޯޑުގެ އިތުރަށް ވެސް ރާއްޖެެއިން ގިނަ އެވޯޑުތަކެއް މިދިޔަ އަހަރުގެ ޑަބްލިޔުޓީއޭގައި ވެސް ހޯދިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މަގުބޫލު ސީޕްލޭން އޮޮޕަރޭޓަރުކަމާއި، ދުނިޔޭގެ އެންމެ މަގުބޫލު ޓްރެވަލް ބޯޑުގެ މަގާމުގެ އިތުރުން، ދުނިޔޭގެ އެންމެ މަގުބޫލު ހަނީމޫން މަންޒިލް، އެއާޕޯޓް ހޮޓެލް އަދި މަތީފަންތީގެ ރިސޯޓުގެ މަގާމު ވެސް ހިމެނެއެވެ.
ގުޅުންހުރި

ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ

ވައިގެ ގުޅުންތަކާއި އިންވެސްޓްމަންޓް އިތުރުކުރުމަށް ގަތަރާއިއެކު މަޝްވަރާކޮށްފި

ރާއްޖެއާއި ގްރީސް އާއި ދެމެދު ފަތުރުވެރިކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި





