logoEN
cocacola
ފަތުރުވެރިކަމަށް 12.6 އިންސައްތައިގެ ކުރިއެރުމެއް، އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިން!

ފަތުރުވެރިކަމަށް 12.6 އިންސައްތައިގެ ކުރިއެރުމެއް، އެންމެ ގިނައީ ޗައިނާގެ ފަތުރުވެރިން!

# ފަތުރުވެރިކަން

ޗައިނާ ފަތުރުވެރިންތަކެއް ރާއްޖޭގައި

މި އަހަރުގެ މިހާތަނަށް 81،000 އަށް ވުރެ ގިނަ ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ގޮސިޔާ

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12.6 އިންސައްތަ ވަނީ އިތުރުވެފައެވެ. އޭގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ޗައިނާގެ ފަތުރުވެރިންނެވެ.

އެގޮތުން މި އަހަރުގ ފެބްރުވަރީން ފެށިގެން އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް ޗައިނާވާއިރު، ޗައިނާގެ ފަހަތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން ރާއްޖެއަށް 76،138 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އެގައުމުން 74،626 ފަތުރުވެރިއަކު ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12.6 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރު މި އަދަދު އިތުރުވުމުގެ އެންމެ މައިގަނޑު ސަބަބަކީ މިދިޔަ އަހަރު ރާއްޖެއަށް ދަތުރުތައް އަލުން ފެށި ޗައިނާގެ މާކެޓުން ރާއްޖެއަށް ދަތުރުތައް އައުން އިތުރުވުމެވެ.

އެގޮތުން ކޮވިޑް-19އާ ގުޅިގެން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވުމާގުޅިގެން، މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފެށި ޗައިނާ، މިދިޔަ އަހަރު ނިންމާލީ 183،338 ފަތުރުވެރިންނާ އެކުއެވެ. ކޮވިޑުގެ ކުރިން ޗައިނާއަކީ އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ގައުމެވެ. މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އަވަށްޓެރި އިންޑިޔާއިންނެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ ގައުމުން ދެލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް އިންޑިޔާއިން ރާއްޖެއަށް، ބައިލައްކައާ ގާތްކުރާ އަދަދަށް ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، އިންޑިޔާ އޮތީ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގެ ހަވަނައިގައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ