logoEN
Sto top
މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވީ 329 މީހުން

މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވީ 329 މީހުން

އައިޝަތު އިފާޝާ

logo

3/9/2022, 11:15:29 PM

# ކޮވިޑް-19

DSC_4245

ރާއްޖެއިން މިއަދު ކޮވިޑް19އަށް 329 ފައްސިވެއްޖެ އެވެ.

Wamco

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 329 މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެއީ 281 މީހުންނެވެ. މާލެއިން ޕޮޒިޓިވްވެފައި ވަނީ 26 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 173،666 އަށް އަރާފައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 14،276 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 6 މީހުންނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 436 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 159،080 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 1،743 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside