logoEN
cocacola
ރަޝިއާގައި ކޮކަކޯލާ ވިއްކުންވެސް ހުއްޓާލައިފި

ރަޝިއާގައި ކޮކަކޯލާ ވިއްކުންވެސް ހުއްޓާލައިފި

އަލްފާ އަލީ

logo

3/9/2022, 2:05:41 AM

# ރަޝިއާ - ޔޫކްރޭން# ކޮކަކޯލާ

Supermarkets-in-Ukraine-Stop-Selling-Coca-Cola-e1646520663989

ޔޫކްރޭނު ފަސްގަނޑަށް އަރައިގަނެ، ރަޝިއާއިން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެންމެ މަޝްހޫރު 'ސޮފްޓް ޑްރިންކް' އުފައްދާ ކޮކަކޯލާއިންވެސް އެކުންފުނީގެ ވިޔަފާރިތައް ރަޝިއާގައި ކުރުން ހުއްޓާލައިފިއެވެ.

ގޮސިޔާ

ކޮކަކޯލާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނި އޮތީ ހަނގުރާމައިގެ ސަބަބުން ގެއްލުންވަމުންދާ ޔޫކްރޭނު ރައްޔިތުންނާ އެކުގައި ކަމަށެވެ. އެއާއެކު އެކުންފުނީގެ އޮޕަރޭޝަންތަކާއި ވިޔަފާރިތައް ރަޝިއާގައި ކުރިއަށް ގެންދިއުން ހުއްޓާލާފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވިޔަފާރިކުރުން ހުއްޓާލާފައިވަނީ ކޮން މުއްދަތަކަށް ކަމެއް ބުނެފައި ނެތެވެ. ބަޔާނުގައި ބުނީ، ދެ ގައުމުގެ މަސްރަހު ގާތުން ބަލަމުން ދާނެ ކަމަށެވެ.

ކޮކަކޯލާއިން ރަޝިއާގައި އެކުންފުނީންގެ ވިޔަފާރިތައް ހުއްޓާލަން ނިންމި އިރު، 24 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު އިތުރު ބްރޭންޑުތަކަކުންވެސް ވަނީ އެ ބްރޭންޑުތަކުގެ ވިޔަފާރިތައް ރަޝިއާގައި ކުރުން ހުއްޓާލާފައެވެ. އޭގެ ތެރޭގައި ސްޓާބަކްސް އާއި މެކްޑޮނަލްޑްސް ހިމެނެއެވެ. މެކްޑޮނަލްޑްސް އިން ބުނީ، ރަޝިއާގައި މިވަގުތު ހުރި އެ ކުންފުނީގެ 850 އެއްހާ ރެސްޓޯރެންޓު ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ