logoEN
cocacola
ކޯކު ފުޅިއެއް ނުވަތަ ދަޅެއް ގަނެލައިގެން ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދެވިދާނެ, މި އޮތީ އެ ފުރުސަތު!

ކޯކު ފުޅިއެއް ނުވަތަ ދަޅެއް ގަނެލައިގެން ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދެވިދާނެ, މި އޮތީ އެ ފުރުސަތު!

އަލްފާ އަލީ

logo

5/4/2024, 9:55:10 AM

# ކޮކަކޯލާ

ކޮކަކޯލާގެ ޔޫރޯ ޕްރޮމޯޝަން

ކުރިއަށް އޮތް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަކޮށް، ރާއްޖޭގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް ޚާއްސަކޮށް، ދުނިޔޭގެ މަޝްހޫރު ބްރޭންޑް، ކޮކާ ކޯލާއިން ޔުއެފާ ޔޫރޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

މި އެއްބަސްވުމުގެ ދަށުން ކޮކާ ކޯލާ އިން ކުރިއަށްގެންދާ ޚާއްސަ ކެމްޕޭނުގެ ދަށުން، ޔޫރޯގެ މުބާރާތުގެ ފައިނަލް މެޗު ބަލާލުމަށް ދިޔުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.

އެގޮތުން ޖަރުމަނުގެ ބާލިންގައި ކުޅޭ ޔޫރޯގެ ފައިނަލް ބަލާލުމުގެ ފުރުސަތު ހޯދުމަށް ކުރަން ޖެހެނީ ވަރަށް ކުޑަ މަސައްކަތެކެވެ. އެއީ ކޮކާ ކޯލާއިން ޔޫރޯގެ ފުޓްބޯޅަ ސީޒަނާ ދިމާކޮށް ނެރޭ ފުޓްބޯޅަ ތީމް ޕެކޭޖިންްގައި ބަންދުކޮށްފައިވާ ކޮކާ ކޯލާގެ ފުޅިއެއް ނުވަތަ ދަޅެއް ގަނެލައި، އެ ފުޅީގެ މަތިގަނޑުގައި ނުވަތަ ދަޅުގެ ޓެބްގެ ދަށުގައިވާ ހަ އަދަދުގެ ކޯޑު "2626" އަށް އެސްއެމްއެސް ކޮށްލުމެވެ.

މި ހިނގާ މޭއި މަހުގެ އެކަކުން ފެށިގެން މި އަންނަ ޖޫން މަހުގެ 15ގެ ނިޔަލަށް ކުރިއަށްދާނެ މި ޕްރޮމޯޝަނުގައި ބައިވެރިގެން، ނަސީބުވެރި ހަ ފަރާތަކަށް، އިތުރު އެއް ފަރާތެއް ގޮވައިގެން ޖަރުމަނަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ވެސް، މި ޕްރޮމޯޝަނުގެ ކޮންމެ ދެ ދުވަހަކުން އެއް ދުޔވަހަކު ސްމާޓް ފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭއިރު، އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.

އެގޮތުން މި ޕްރޮމޯޝަނުގެ ފުރަތަމަ ލަކީޑްރޯ މި މަހުގެ 11 ގައި ނަގާނެ އިރު، އޭގެ ފަހުން ކޮންމެ ދެ ދުވަހުން އެއް ދުވަހަކު ނަސީބުވެރިން ހޮވުން އައިސް ޓީވީ މެދުވެރިކޮށް ދުރަށް ދައްކާނެއެވެ.

މި ޕްރޮމޯޝަނާ ގުޅޭ ގޮތުން ކޮކާ ކޯލާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ކޯޝަލީ ކުސުމަޕަލާ ވިދާޅުވީ ކުރިއަށް އޮތް ޔޫރޯއާ ދިމާކޮށް އެ ކުންފުނިން 'ޔުއެފާ ޔޫރޯ 2024' އާއެކު ގާއިމްކުރި ޕާޓްނާޝިޕަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ޔޫރަޕުގެ އެންމެ ފޯރިގަދަ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ އޮންނާނީ 14 ޖޫން އިން 14 ޖުލައިއާ ހަމައަށް ޖަރުމަނުގައެވެ. އެ މުބާރާތް ފެށެން ކައިރިވަމުންދާއިރު، އެ މުބާރާތާ ގުޅޭ ތަފާތު އިތުރު ހަރަކާތްތައް ކޮކާ ކޯލާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އިއުލާނުކުރާނެއެވެ.

ކޮކާކޯލާ އަކީ ޔުއެފާ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ މުބާރާތުގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 ވަނަ އަހަރުން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާ ކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ