
FNTi-AAacAIyVV7
ކޮވިޑް-19 އަށް ފަރުވާދިނުމަށް ހުޅުމާލޭގައި އާ ފެސިލިޓީއެއް މިއަދު ހުޅުވައިފި އެވެ.

ހުޅުމާލޭގައި "އިންފެކްޝަސް ޑިސީސަސް މެނޭޖްމަންޓް ސެންޓަރު" ނަމުގައި ހުޅުވިގެން ދިޔަ މި ފެސިލިޓީގައި ޖުމުލަ 272 އެނދާއި 44 އިސީޔޫ އެދު ހުންނާނެކަމަށް ހެލެތު މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރަށް މި ސެންޓަރުން އެމަޖެންސީކޮށް ބަލިމީހުނަށް ފަރުވާދިނުމާއި އެތަނުގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނަށްވެސް ފަރުވާ ދެމުން ގެންދާނެއެވެ.
މާލެ ސަރަޙައްދުގައި ކޮވިޑަށް ފަރުވާ ދިނުމަށް ދާއިމީ ފެސިލިޓީއެއް ޤާއިމުކުރުމަށް ސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްފައިވަނީ 2021ވަނަ އަހަރުގައެވެ. އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޢިމާރާތުގެ ސްޓްރަކްޗަރ ބަދަލުކޮށް ހެލްތު މިނިސްޓްރީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ.
ހުޅުމާލޭގެ އާ ކޮވިޑް ފެސިލިޓީއަކީ 3 ފަންގިފިލާއަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. ޢިމާރާތް ޑިޒަންކޮށްފައިވަނީ އޮކްސިޖަން ސިލިންޑަރުތައް އުފުލަން ނުޖެހޭ ގޮތަށް ހޮޅި އަޅާގޮތަށެވެ. ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށްފައިވާ މިފެސިލިޓީއަކީ ރާއްޖޭގައި ކޮވިޑްގެ އިތުރު ރާޅެއް އައިނަމަވެސް ފަރުވާދެވޭނެ ކެޕޭސިޓީއާއެކު ހަދާފައިވާ ފެސިލިޓީއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ގުޅުންހުރި
އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ
ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވަގުތީ މަސް މާރުކޭޓު ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އަތުލައިގެންފި




