
ޝަރަފްގެ ހިނގާލުން
ހުޅުމާޅޭގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑާ ގުޅިގެން އެ ަވަށުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެނައުމަށް ނިންމާ، އެކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޕެރޭޑާ ގުޅިގެން، 2026 ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ހުޅުމާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ޗާޓެއް އެ އިދާރާ އިން ވަނީ އާންމުކޮށްފައެވެ. އަދި އެ ޗާޓުގައިފާހަގަކޮށްފައިވާ މަގު ބޭނުންކުރާ ފަރާތްތަކުން ބަދަލުތަކަށް ސަމާލުކަން ދިނުމަށާއި، އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވަނީ އެދިފައެވެ.
މި ހިނގާލުމުގައި އެމްއެންޑީއެފްގެ ބޭންޑާއެކު ޖުމްލަ 6 ގެމަ ބައިވެރިވާނެ ކަމަށެވެ. މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯތަކާއި ތަފާތު ދާއިރާތަކުގެ ހިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވާއިރު، ހިނގާލުން ފަށާނީ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިން ނެވެ. އަދި ނިންމާނީ ކަލާސީނުކޮށި ކައިރިއަށެވެ.
މި ހިނގާލުމުގައި 2 ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، އެސަރަހައްދުތަކަކީ ސެންޓްރަލް ޕާކް ،ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން) އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރިއެވެ. މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެކަމަށްވެސް އެމްއެންޑީއެފުން ފާހަގަކުރި އެވެ.
މީގެއިތުރުން އެމްއެންޑީއެފުން ބުނީ މި އަސްކަރީ ހިނގާލުމާއެކު ސްކޫލް ކުދިންގެ ޕެރޭޑްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އަދި މި ހިނގާލުމުގައި މާލެ ސަރަހައްދުގެ 15 ސްކޫލަކުން ބައިވެރިވާނެ ކަމަށެވެ.ޖުލައި 26ގައި ބާއްވަން ހަމަޖެއްސި މި ޕެރޭޑު އެދުވަހު ނުބޭއްވުނީ ވިއްސާރަވުމާއި ގުޅިގެންނެވެ.މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ވަނީ ހެވިކަމުގެ ކުޅިވަރުތަކުގެ ތެރެއިން ގައުމީ ދިފާއީ ބާރާއި، ސްކޫލް ކުދިންގެ ޕެރޭޑެއްވެސް ކުރިއަށްގެންގޮސްފައެވެ.



%20(1)%20(1)%20(1).webp&w=3840&q=75)


