logoEN
WAMCO TOP 1
ހުޅުމާލޭގައި މާލެ ކޯޓު ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުމާލޭގައި މާލެ ކޯޓު ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

# ހުޅުމާލެ# މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ# އެމްޓީސީސީ

ފޮޓޯ: އެމްޓީސީސީ

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މި މިނިސްޓްރީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

THE TRAVELLER AD

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރް އެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.

ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކާ އިންވެގެންވާ ސަރަޙައްދުގައި ތަރައްޤީކުރާ މި ކޮމްޕްލެކްސްގެ މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވެއެވެ. ޖުމްލަ 14 ބުރީގެ މި ޢިމާރާތަކީ ހައިކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ޢިމާރާތެކެވެ.

މި މަޝްރޫޢު ނިމުމާއެކު، ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ. މި ކޯޓު ކޮމްޕްލެކްސް ތަރައްޤީކުރެވިގެންދާނީ ޒަމާނީ އެންމެހައި ވަސީލަތްތަކާއެކު، ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން، ކޯޓުތަކުގެ ޚިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ އިންތިޒާމުތަކެއް ހިމެނޭގޮތަށެވެ.

ކޮމެންޓް
ފަހުގެ
HDC