logoEN
cocacola
ޗައިނާގެ ރެންމިން ޔުނިވަރސިޓީގެ ސްކޯލަރޝިޕް ފުރުސަތުތަކެއް

ޗައިނާގެ ރެންމިން ޔުނިވަރސިޓީގެ ސްކޯލަރޝިޕް ފުރުސަތުތަކެއް

އައިޝަތު އިފާޝާ

logo

3/3/2022, 3:43:27 PM

# ޗައިނާ# ދިވެހިރާއްޖެ# ސްކޯލަރޝިޕް# ރެންމިން ޔުނިވަރސިޓީ

Inside_Renmin_University_of_China_RUC

ޗައިނާގެ ރެންމިން ޔުނިވަރސިޓީގެ ސްކޯލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގޮސިޔާ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޗައިނާގެ ރެންމިން ޔުނިވަރސިޓީގެ ސޫޖޯ ކެމްޕަހުގައި ސިލްކު ރޯޑް ސްކޫލުގެ ފަރާތުން 2022 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ މާސްޓަރސް އޮފް ކޮންޓެމްޕޮރަރީ ޗައިނީޒް ސްޓަޑީޒް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިޕްރޮގްރާމްގެ ދަށުން ޗައިނީޒް ޕޮލިޓިކްސް، ޗައިނީޒް އިކޮނޮމީ، ޗައިނީޒް ލޯ އަދި ޗައިނީޒް ކަލްޗަރ ހިމެނޭގޮތަށް 4 ދާއިރާއަކުން ސްޕެޝަލައިޒްވެ، ކިޔެވުމުގެ ފުރުޞަތު އޮންނާނެ އެވެ.

މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ، އެކޮމަޑޭޝަން، މެޑިކަލް އިންޝޫރަންސް އަދި މަހަކަށް 2000 ޗައިނީޒް ޔުއާން ލިވިންގ އެލަވަންސްގެ ގޮތުގައި ދެވޭނެ ކަމަށާއި، މެޑިކަލް އިންޝޫރަންސް އާއި ލިވިންގ އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ކެމްޕަހުގައި ކްލާސްތަކަށް ހާޟިރުވެގެން ކިޔަވާ ދަރިވަރުންނަށް ކަމަށް އެ ޔުނިވާސިޓީއާ ހަވާލާދީ މިނިސްޓްރީން ބުނެއެވެ. އަދި މިސްކޮލަރޝިޕްގެ ތެރޭގައި އިންޓަރނޭޝަނަލް ޓިކެޓް ޚަރަދު ނުހިމެނޭނެ އެވެ.

މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޭޕްރީލް 2022 ގެ ކުރިން އެފަރާތަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް މިނިސްޓްރީން ވަނީ އެދިލައްވާފައެވެ. އަދި އެޕްލިކޭޝަން ފީގެ ގޮތުގައި 800 ޗައިނީޒް ޔުއާން (ނޮން-ރިފަންޑަބަލް) އޮންލައިން ސިސްޓަމް މެދުވެރިކޮށް ދައްކަން ޖެހިވަޑައިގަންނަވާނެއެވެ.

މިކޯހާ ބެހޭ މައުލޫމާތު ޝީޓު މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ