logoEN
cocacola
އާމިރު ވަކިކުރުން - ފާއިތުވި ތިން އަހަރުވެސް ގިނައީ ހާޒިރުނުވާ ދުވަސްތައް

އާމިރު ވަކިކުރުން - ފާއިތުވި ތިން އަހަރުވެސް ގިނައީ ހާޒިރުނުވާ ދުވަސްތައް

# ސިޔާސީ# އެމްޑީޕީ

04E467FE-18D0-493A-95CB-D5C703A75258

ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި މިވަގުތު ޖެހިގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރި މައްސަލައެވެ. ޚާއްސަކޮށް އެ ޕާޓީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ވަކި ކުރި މައްސަލައެވެ. އެ މައްސަލައާ ގުޅިގެން ޕާޓީގެ ދެ ރައީސުންގެ ދެމެދުގައި "ކުނި" ޖެހި، ދެ ރައީސުންނަށް ތާއިދުކުރާ ފެކްޝަންތަކުގެ މެދުގައި ހޫނު ބަހުސެއް އޮތީ ފެށިފައެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައިވެސް ކުރިއަށްދިޔައީ އެކަންތައްގަނޑެވެ.

ގޮސިޔާ

މިފަދަ ކަމެއް ރާއްޖޭގެ މައި ސިޔާސީ ޕާޓީގެ އެތެރެއަށް ގުޑުން އަރުވާލާފައިވާއިރު، އެ މުވައްޒަފު މީހާ ވަކިކުރަން ޖެހުނު ސަބަބާއި ކަން ހިނގައިދިޔަ ގޮތް މީގެ ކުރިންވެސް މި ނޫހުގައި ވާނީ ގެނެސްދީފައެވެ.

https://gaafu.mv/report/49764

ދުވާފަރު ސިއްޙީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ - ހެލްތް ސަރިވިސަސް (ޕޮލިޓިކަލް އެޕޮއިންޓީ)ގެ ގޮތުގައި ހުންނެވި އާމިރު އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާއާ ގުޅޭ ގޮތުން އެމްޑީޕީގެ އާންމު މެމްބަރަކު، އެމްޑީޕީގެ އެ ދާއިރާގެ ހިންގާ ކޮމެޓީއަށް ހުށަހެޅި ޕެޓިޝަކާ ގުޅިގެން އޭނާއާ މެދު ފިޔަވަޅު އަޅަން ފެންނަ ކަމަށް ނިންމައި، ރައީސް އޮފީހަށް ހުށަހެޅުމުނެވެ. އެއީ އެމްޑީޕީގައި އެފަދަ ކަންކަން ކުރުމަށް އެކުލަވާލާފައި އޮންނަ އުސޫލުގެ ދަށުންނެވެ.

ދުވާފަރު ސިއްޙީ މަރުކަޒުގެ އިސް މަގާމެއްގައި ހުންނެވި އެމްޑީޕީ މެމްބަރު މަގާމުން ވަކި ކުރަން އެދުނީ އެއިރު، ކައުންސިލް އިންތިޚާބުގައި އެރަށު ކައުންސިލަށް ވާދަ ކުރެއްވި ކެނޑިޑޭޓެކެވެ. އެ މައްސަލަ ޕެޓިޝަނެއްގެ ސިފައިގައި ޕާޓީގެ ދުވާފަރު ދާއިރާގެ ރައީސް، އަދި ދުވާފަރު ދާއިރާގެ މެމްބަރު، އިސްމާއިލަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 28 ގައެވެ. އެ މައްސަލަ ހުށަހަޅައި، އެމްޕީ އިސްމާއިލަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ މަގާމުގައި ހުންނެވި ސިޔާސީ ބޭފުޅާ އެމްޑީޕީއަށް އެއްވެސް އެއްބާރުލެއްވުމެއް ދީފައި ނުވާ ކަމަށާއި، އިންތިޚާބުގައި ވާދަކުރެއްވި އެމްޑީޕީގެ ބައެއް ކެނޑިޑޭޓުންނާ ދެކޮޅަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ހިންގާ ކޮމެޓީގެ ނިންމުމާއެކު، ޕާޓީގެ 158 އާންމު މެމްބަރުން ސޮއިކޮށްފައިވާ އެ ޕެޓިޝަން ރައީސް އޮފީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގައެވެ. އެމައްސަލަ ރިވިއު ކުރުމަށްފަހު ރައީސް އޮފީހުން އޭނާ އާ މެދު ފިޔަވަޅު އަޅައި، ވަޒީފާއިން ވަކި ކުރީ މީގެ ދެ ދުވަސް ކުރިންނެވެ.

އާމިރާ މެދު ފިޔަވަޅު އެޅުމުގެ ކުރިން، ބަލަން ޖެހޭ ބެލުންތައް ބެލުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ އޭނާގެ ހާޒިރީ ރިޕޯޓު ކަމަށް ބެލެވޭ ރިޕޯޓެއް މި ނޫހަށް ވަނީ ލިބިފައެވެ. އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ ތިން އަހަރުގެ ތެރޭ، އޭނާ ވަޒީފާ އަށް ހާޒިރުވެފައިވަނީ ޖުމްލަ 273 ދުވަހު އެވެ. އެއީ ވަޒީފާއަށް ނުކުންނަން ޖެހޭ 591 ދުވަހުގެ ނިސްބަތުން އެންމެ 54 އިންސައްތަ ދުވަހެވެ. ބާކީ 46 އިންސައްތަ ދުވަހަކީ އޭނާ ވަޒީފާއަށް ނުނުކުންނަ ދުވަސްތައް ކަމަށް އެ ރިޕޯޓުން ދައްކައެވެ.

undefined

އެ ރިޕޯޓުގައި ހުރި ތަފްސީލުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ޖުމްލަ 165 ދުވަހު ވަޒީފާއަށް ނުކުންނަށް އޭނާ ޖެހޭއިރު، އޭނާ ވަޒީފާއަށް ނުކުމެފައިވަނީ 72 ދުވަހުއެވެ. ވަޒީފާއަށް ނުނުކުންނަ 86 ދުވަސް އެ އަހަރު އޮތް އިރު އޭގެ ތެރޭގައި ހިމެނެނީ އޭނާ ސަލާމުގައި ހުރި 15 ދުވަހާއި ޗުއްޓީގައި ހުރި 23 ދުވަހުގެ އިތުރުން ވަކި އެއްޗެއް ނާންގައި އޮފީހަށް ހާޒިރު ނުވާ 48 ދުވަހެވެ. މީގެ އިތުރުން 33 ދުވަހަކު ގަޑިޖެހިފައި ހުއްޓެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ތަފްސީލުތައް ދައްކާ ގޮތުގައި، އެ އަހަރު ޖުމްލަ 191 ދުވަހު ވަޒީފާއަށް ނުކުންނަން އޭނާ ޖެހޭއިރު، އޭނާ ވަޒީފާއަށް ނުކުމެފައިވަނީ 86 ދުވަހު އެވެ. ވަޒީފާއަށް އޭނާ ނުނުކުންނަ 105 ދުވަސް އެ އަހަރު އޮތް އިރު، އޭގެ ތެރޭގައި ހިމެނެނީ އޭނާ ސަލާމުގައި ހުރި 13 ދުވަހާއި ޗުއްޓީގައި ހުރި 18 ދުވަހުގެ އިތުރުން ވަކި އެއްޗެއް ނާންގައި ވަޒީފާއަށް ހާޒިރުނުވާ 74 ދުވަހެވެ. އެ އަހަރު އޭނާ ގަޑިޖެހިގެން 67 ދުވަހު އޮފީހަށް ގޮސްފައިވެއެވެ.

ދެން އޮތީ 2021 ވަނަ އަހަރެވެ. އެއަހަރު ވަޒީފާއަށް ނުކުންނަންޖެހޭ 235 ދުވަސް އޮތް އިރު، އޭނާ ހާޒިރުވެފައިވަނީ އެންމެ 108 ދުވަހު އެވެ. އެ އަހަރު ވަޒީފާއަށް އޭނާ ހާޒިރު ނުވާ 127 ދުވަސް އޮތް އިރު އޭގެ ތެރޭގައި ހިމެނެނީ އޭނާ ސަލާމުގައި ހުރި 18 ދުވަހާއި ޗުއްޓީގައި ހުރި 51 ދުވަހުގެ އިތުރުން ވަކި އެއްޗެއް ނާންގައި ވަޒީފާއަށް ހާޒިރު ނުވާ 58 ދުވަހެވެ. އަދި ގަޑިޖެހިގެން 47 ދުވަހަކު އޭނާ ވަނީ އޮފީހަށް ހާޒިރުވެފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އެފަރާތަކަށް އިތުބާރުކުރައްވައި، ރަށެއްގެ ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހަވާލުކުރި އިސްވެރިޔާ އޭނާގެ ޒިންމާ އަދާކުރެއްވި މިންވަރެވެ. އޮފީހަށް ހާޒިރުވި ދުވަސްތަކުގެ ނިސްބަތެވެ. ސިޔާސީ ފިކުރު އެއްކައިރީގައި ބާއްވަމާ ހިނގާށެވެ. މިއީ އޭނާއަށް ރައީސުލްޖުމްހޫރިއްޔާ މަތިކުރެއްވި ޒިންމާ އަދާނުކުރެވޭ ކަމުގެ ހެއްކެކެވެ. އެފަދަ މީހުންގެ ސަބަބުން ގެއްލެނީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރާއި އިޙްތިރާމެވެ. އެހެން ކަމުނެ އެފަދަ ބޭފުޅެއްގެ ދިފާއުގައި ވަކާލާތު ކުރައްވާއިރު، ކަން ހިނގާފައި އޮތް ގޮތް ރަނގަޅަށް ބަލައި ދިރާސާކުރުން މުޙިއްމެވެ.

ޚާއްސަކޮށް މަޖިލިސް މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލިސް ފަދަ ތަނެއްގައި އެ މެމްބަރުން ދިފާއު ކުރައްވަނީ ވަޒީފާއަށް ކިހާ ފަރުވާތެރި މީހެއްތޯ ބަލަން ޖެހެއެވެ. ސަރުކާރު ހިންގުން ހަރުދަނާ ކުރެވޭނީ ވެރިންގެ ލެވެލުގައި ތަންތަނަށް އައްޔަންކުރެވޭ މީހުންނަށް އެމީހުންނާ ހަވާލު ކުރެވޭ މަސައްކަތް އެކަށީގެންވާ ގޮތެއްގެ މަތިން ފުރިހަމަކޮށްގެންނެވެ. އެ މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭ މީހުންގެ ދިފާއުގައި ރައްޔިތުންގެ މަޖިލިސް، ނުވަތަ އެ މަޖިލީހުގެ މެމްބަރުން ވަކާލާތު ކުރެއްވުމަކީ ވަރަށް ދެރަ ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ