logoEN
Sto top
ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް މެމްބަރު ކުޑޫ!

ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް މެމްބަރު ކުޑޫ!

އަހުމަދު ޝުރާއު

logo

1/19/2026, 1:44:17 PM

# އެމްޑީޕީ

-

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ކެމްޕެއިން މެނޭޖަރަކު އައްޔަނުކޮށްފި އެވެ.

Wamco

އެމްޑީޕީން މިއަދު ބުނީ ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ފަރާތުން ކެންޕެއިން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އައްޔަނުކޮށްފައިވާ ކަމަށެވެ. އަދި ޑެޕިއުޓީ މެނޭޖަރުންނަށް ހުޅުމާލެ ދާއިރާ ކުރީގެ މެންބަރު ޢަލީ ނިޔާޒުއާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް ޢަބުދުއްﷲ އައްޔަންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އިންތިހާބަށް އެޕާޓީގެ ތަރުޖަމާނަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު/ދިއްދޫ ދާއިރާގެ ރައީސް އަބުދުއްﷲ ވަހީދު އައްޔަނުކޮށްފައިވާއިރު ތަރުޖަމާނުގެ ނައިބަކަށް ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ޙަސަން ވަނީ އައްޔަނުކޮށްފައި އެވެ.

އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ވަނީ އެޕާޓީގެ ޕްރައިމެރީ ބާއްވައި އެޕާޓީގެ ޓިކެޓުގައި ކައުންސިލްތަކަށް ވާދަކުރާނެ ކެނޑިޑޭޓުން އިންތިހާބުކޮށްފައެވެ. އަދި ދާދި އަވަހަށް ކައުންސިލް އިންތިހާބަށް ކެމްޕެއިން ފެށުމަށްޓަކައި ޚާއްސަ ހަރަކާތެއް ބޭއްވުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގެ ވޯޓުލުން އެޕްރީލް 4، ގައި ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު އެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ އީސީން އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 11، ވާ ހޮނިހިރު ދުވަހެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC